ފަނޑިޔާރުންގެ އިނާޔަތަކީ މަސައްކަތު ރޭޓަށް ބަލައި އެކަށައަޅަންޖެހޭ އެއްޗެއް ނޫން: މުހްތާޒް
ދެންމެ | 03 އޯގަސްޓް 2024

ފަނޑިޔާރުންގެ އިނާޔަތަކީ އެބޭފުޅުންގެ މަސައްކަތު ރޭޓަށްބަލާފަ އެކަށައަޅަންޖެހޭ އެއްޗެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ކުރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

ދިވެހި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަގާމް ވެސް ކުރިން އަދާ ކުރައްވާފައިވާ މުހްތާޒު ކުރައްވާފައިވާ ޓުވީޓެއް ގައި ބުނެފައި ވަނީ ދައުލަތުން ދޭ އިނާޔަތަކީ މަސައްކަތުގެ ރޭޓަށް ބަލައިގެން ކަނޑަޅަން ޖެހޭ އެއްޗެއް ކަމަށް ވިސްނުމަކީ ދެރަވަރު ކަމެއް ކަމަށެވެ.

”‏ފަނޑިޔާރުންގެ އިނާޔަތަކީ އެބޭފުޅުންގެ މަސައްކަތު ރޭޓަށްބަލާފަ އެކަށައަޅަންޖެހޭ އެއްޗެއްނޫން. އެގޮތަށް ވިސްނުމަކީ ދެރަވަރުކަމެއް. ހަމައެހެންމެ، ފަނޑިޔާރުންނެކޭ އެއްގޮތަށް ދައުލަތުން އިންޝުއަރެންސް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަކުން ވެސް ތިމާގެ ސިއްޚަތަށް ފަރުވާތެރިވާންޖެހޭ.“ ކުރީގެ ކުރިމިނަލް ކޯޓްގެ ފަޑިޔާރުކަން ވެސް ކުރައްވާފައިވާ މުހްތާޒް ކުރައްވާފައިވާ ޓުވީޓުގައި ވެއެވެ.

މުހްތާޒް މިފަދަ ގޮތަކަށް ޓުވީޓް ކުރެއްވި ސީދާ ސަބަބެއް ބަޔާން ކުރައްވާފައި ނުވި ނަމަވެސް އެމަނިކުފާނަކީ ޖިނާއީ އަދުލްގެ ނިޒާމް ހަރުދަނާ ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!