އެމްއެމްއޭއިން ނިމިދިޔަ ކުވާޓާގެ ތަފާސްހިސާބުތައް އާންމުކޮށްފި އެވެ.
ޖޫން މަހުގައި ހުރިހާ އެއްޗެތީގެ އިންފްލޭޝަން ރޭޓު %1.4 އަށް ވަނީ މަތިވެފަ އެވެ. މޭމަހުގައި އިންފްލޭޝަން ރޭޓު ހުރީ %0.4 ގައެވެ.
މިކުވާޓާގެ ޖީޑީޕީއަށް ބަލާއިރު އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުގައި ޖީޑީޕީގެ ގޮތުގައި ފާހަގަ ކޮއްފައި ވަނީ 27،363 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުވާޓާއާ އަޅާބަލާއިރު 2,207.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 2023ގެ ފަހު ކުވާޓާގު ޖީޑީޕީއަކަށް އެމްއެމްއޭއިން ފާހަގަ ކޮށްފައި ވަނީ 25,155.5 މިލިއަން ރުފިޔާ އެވެ.
ފަތުރުވެރިކަމަށް ބަލާއިރު އެމްއެމްއޭގެ ރިޕޯޓުން ފެންނަގޮތުގައި 2023ވަނަ އަހަރުގެ ޖަނަވަރީ މަހުން ޖޫން މަހާ މިއަހަރުގެ އެމުއްދަތުގެ ހިސާބުތައް އަޅާބަލާއިރު 85,922 ފަތުރުވެރިން އިތުރުވިކަމަށް ދައްކަ އެވެ. 2024ގެ ޖަނަވަރީއިން ޖޫން މަހާ ހަމައަށް 1,015,529 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. ނަމަވެސް އާންމުކޮށް ރާއްޖޭގައި ފަތުރުވެރިން މަޑުކުރާ މުއްދަތު ވަނީ 7.6 ރޭގެ ގޮތުގައި ހިފެހެއްޓިފަ އެވެ.
މަސްވެރިކަމުގެ ހިސާބުތަކަށް ބަލާލާއިރު 2023ވަނަ އަހަރުގެ ޖަނަވަރީ މަހުން ޖޫން މަހާ މިއަހަރުގެ އެމުއްދަތުގެ ނިޔަލަށް ފާހަގަކުރެވިފައި ވަނީ މަސްވެރިން އަތުން ކަޅުބިލަމަސް، ގަނޑު ކޮއްފަ އިދި ނުކޮށްވެސް، ގަންނަނީ އަގުބޮޑު ކޮންނެވެ. ގަނޑު ކޮއްފަ ހުންނަ މަހެއްގެ އަގު 18 ރުފިޔާއަށް އުޅޭ އިރު ގަނޑު ނުކުރާމަހުގެ އަގު އުޅެނީ 20 ރުފިޔާ އަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ އަގަށްވުރެން 3 ރުފިޔާގެ އިތުރުވުމެކެވެ. ނަމަވެސް ބޮޑު ކަންނެލީގެ އަގު ވަނީ ވެއްޓިފަ އެވެ.