ރައްޔިތުން ވަނީ ރައީސް މުޢިއްޒުގެ ސިޔާސަތު ބަލައިގެންފައިކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
މެންބަރު ޙުސައިން ޝަރީފް މި މޭރުމުން ވިދާޅުވީ ރައީސް ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕާޓީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުންގެ ޒާތީ ވާހަކަތަކެއް ދައްކާފައިވާތީ އެކަން ކުށްވެރި ކުރަށްވައި މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ކުރީގެ ޓެލެކޮމް މިނިސްޓަރ މަލީޙް ޖަމާލް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ހުސެންބެ ވިދާޅުވީ މަލީޙް އުޅުއްވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި ޒާތީވެގެން ކަމަށެވެ.
އަދި މަލީޙް ކިތަންމެ ބޮޑަށް ޒާތީވި ނަމަވެސް ރައްޔިތުން މިހާރުވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ބަލައިގެންފައި ކަމަށް ހުސެންބެ ވިދާޅުވިއެވެ.
މެންބަރު ހުސެންބެ މި މޭރުމުން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް ޔާމީންގެ ޙާޟިރުގައި ފީއެންއެފްގެ ހަރުގެ ޖަލްސާތަކުގައި ރައީސް މުޢިއްޒަށް ނިސްބަތްކޮށް ބޭއަދަބީ އެތައް ވާހަކަތަކެއް ދަނީ ދައްކަމުންނެވެ.
އަދި އެކަމަށް ރައީސް ޔާމީން ހިތްވަރު ދެއްވައި ތަރުޙީބު ދެއްވަމުން ގެންދަވާތީ ޕީޕީއެމްގެ މެންބަރުންގެ ނުރުހުން ރައީސް ޔާމީނަށް ވަނީ އަމާޒުވެފައެވެ.