ކާށި ފެންފޮދު ވަރާނުލައި، ހެސްކިޔާފަ ފައިދާ!
ދެންމެ | 05 އޯގަސްޓް 2024

ކާށި ދިވެހިންގެ ދިރިއުޅުމާއި ވަނީ ގުޅިފަ އެވެ. ހާއްސަކޮށް ކާތަކެތި ތައްޔާރުކުރުމުގައި ކާށި އަކީ ޑިމާންޑް ބޮޑު އެއްޗެކެވެ. ކާށި ބިދެލުމަށްފަހު އޭގައި ހުންނަ ފެން ފޮދު އުކާލާތަން ވަރަށް ގިނަފަހަރު ފެނެ އެވެ. އަދި ބައެއް ފަހަރު އެ ކާށި ބިންނަ މީހާ އެ ފެންފޮދު ބޯލަ އެވެ.

ކާށީގައި ހުންނަ ފެނަކ ”ހެލްތު ޑްރިންކް“ އެކެވެ. ކާށި ފެނަކީ ކެލޮރީ މަދުވެ، ހަށިގަނޑު ޑީހައިޑްރޭޓް ކުރުމަށް ވެސް މުހިއްމު ބުއިމެކެވެ. ގަވާއިދުން ކާށިފެން ބޭނުންކުރާނަމަ އިލެކްޓްރޯލައިޓް އެއް މިންވަރެއްގައި ހިފަހައްޓައިދީ، ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހަޖަމުކުރުމުގެ މަސައްކަތަށް އެހީވެ ދެ އެވެ.

އެތުލީޓުންނާއި ފިޓްނަސް ތަޖުރިބާކާރުން ބުނާ ގޮތުގައި ހަކުރު އާއި އާޓިފިޝަލް އިންގްރިޑިއެންޓްސް އިން ފުރިފައިވާ ސަގާފީ ސްޕޯޓްސް ޑްރިންކްތަކުގެ ބަދަލުގައި ކާށި ފެނަށް އެނބުރުން މާ މުހިންމެވެ. ވޯކް އައުޓަކަށް ފަހު ކާށި ފެން ބޭނުން ކުރާ މީހުންގެ ނިސްމަތް އަންނަނީ އިތުރު ވަމުންނެވެ. ސީރިއަސް އީޓްސް އިން ބުނާ ގޮތުގައި ކާށި ފެނަކީ އެންމެ ރަހަ މީރު ފެނެވެ.

ކާށި ފެނުގައި އެންޓި-އިންފްލެމެޓަރީ އަދި އެންޓިމައިކްރޮބިއަލް ޕްރޮޕަޓީސް ހުންނަ ކަމަށް ވެއެވެ. އެއީ ގޮހޮރުގެ މައިކްރޯބަޔޮމް އަށް ފައިދާހުރި ޕްރޮޕަޓީތަކެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ކާށި ފެނުން ލިބޭ ވިޓަމިންތަކުގެ ތެރޭގައި ޕޮޓޭޝިއަމް، މެކްނޭޒިއަމް، ކެލްޝިއަމް އަދި ސޯޑިއަމް ހިމެނެ އެވެ. ކާށި ފެނަކީ ލޭގެ ހަކުރުގެ މިންވަރު އެއް ވަރެއްގައި ހިފަހައްޓައި ދީ، ކިޑްނީގައި ހިލަ އުފެދުމުން ސަލާމަތް ކޮށްދޭ ފެނެކެވެ.

މީގެ އިތުރުން، ކާށި ފެނުން ދިފާއީ ނިޒާމުގެ ބާރު ގަދަކޮށްދީ ކަށިތަކުގައި ވަރުޖައްސައި ދެ އެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ސެޗުރޭޓެޑް ފެޓުން ސަލާމަތް ވުމަށް ވެސް ކާށި ފެން ސިއްހަތަށް މުހިއްމެވެ.

ފަހުގެ އިތުރު، ދިރާސާތަކުން ދައްކާ ގޮތުގައި ގަވައިދުން ކާށި ފެން ބޭނުންކުރާ މީހުންގެ ހަންގަނޑު ސިއްހީ ގޮތުން ރަނގަޅުވެ، ހަން ގަނޑު އުޖާލާ ކޮށްދީ ހަން ގަނޑު ތެޔޮވުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. އަދި ހެނދުނުގެ ހައި ބަނޑާހުރެ ކާށިފެން ބުއިމަކީ އިހު ދިވެހިންގެ ވަރަށް ބޮޑު އާދައެކެވެ. އެއީ ދިވެހި ފޫލުމައިންގެ ވެސް ލަފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!