ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މާލެ އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން 165 މިލިއަން ޑޮަލަރުގެ ނަގަން އެދުނު ސޮވެރިން ގެރެންޓީ ނުދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މާލެ އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން165 މިލިއަން ޑޮލަރުގެ ނަގަން އެދުނު ސޮވެރިން ގެރެންޓީ ނުދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ޓޫރިޒަމަށް ތަރައްގީ ކުރުމަށް ކ. އަތޮޅު އެމެރަލްޑް ލެގޫން އިން އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ދޫކޮށްފައިވާ ސަރަހައްދުގައި ރިސޯޓު ތަރައްގީ ކުރުމަށް ސިޔާމް އެދިފައިވަނީ 165 މިލިއަން ޑޮލަރުގެ ލޯނެއްގެ ގެރެންޓީއަށެވެ. އެކަމަށް އެދި ސިޔާމް ސޮޮއިކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވާފައިވަނީ މިދިޔަ އޭޕްރިލްމަހުގެ ހަތްވަނަ ދުވަހު އެވެ.
އެނގިފައިވާ ގޮތުގައި ސިޔާމުގެ ލޯނަށް ގެރެންޓީ ނުދޭން ނިންމީ ވަޒީރުންގެ މަޖިލީހުންނެވެ. ވަޒީރުންގެ މަޖލީހުން ނިންމާފައިވަނީ ރައްޖޭގެ މާލީ ހާލަތު އޮތްގޮތުން އެއްވެސް އަމިއްލަ ފަރާތަކަށް މިވަގުތު ސޮވަރިން ގެރެންޓީ ނުދިނުމަށެވެ.
ސޮވެރިން ގެރެންޓީ އަމިއްލަ ފަރާތްތަކަށް ދޭ އުސޫލު ބުނާގޮތުން %4އަށް ވުރެ ދަށް އިންޓްރެސްޓުގައި ނަގާ ލޯނުތަކަށް ސަރުުކާރުގެ ސޮވެރިން ގެރެންޓީ ދެވިދާނެއެވެ. ސަން ސިޔާމު މީގެ ކުރިން ނެގި ލޯނަކަށްވެސް ދައުލަތުން ވަނީ ގެރެންޓީ ދީފައެވެ. އެއީ ނ. ދިގުރަށުގައި ’ސިޔާމް ވޯލްޑު’ގެ ނަމުގައި ތަރައްގީކުރި ރިސޯޓަށެވެ.
ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ގެރެންޓީ ދިނީ 2017 ވަނަ އަހަރުއެވެ.