ގަމު ހޮސްޕިޓަލުން އެދިގެން އޭޓީއެމް ހިދުމަތް ހުއްޓާލަން ނިންމައިފި
ދެންމެ | 03 އޯގަސްޓް 2022

ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ ބޭނުމަކަށް އެ ރަށުގައި ހުންނަ އޭޓީއެމް ބަންދުކުރަން ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގަމު ބުރާންޗު ހުންނަނީ ހޮސްޕިޓަލާއި އިންވެގެންނެވެ.

ގަމު ބުރާންޗުން ބުނީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ ބޭނުމަކަށް އެ ބްރާންޗު ހުސްކުރަން އެދިފައިވުމާއެކު, 30 ސެޕްޓެމްބަރު 2022 އިން ފެށިގެން އެ ބްރާންޗުގެ ޚިދުމަތް ހުއްޓައިލާނެ ކަމަށެވެ.

ގަމު ބުރާންޗުން ވަނީ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް ވެސް އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!