އެސްޓީއޯއިން 25 ބުރީގެ ވިޔަފާރި އިމާރާތެއް މާލޭގައި އަޅަން ނިންމައިފި
ދެންމެ | 06 އޯގަސްޓް 2024

އެސްޓީއޯ އިން މާލޭގައި 25 ބުރީގެ މަލްޓިޕާޕަސް ވިޔަފާރި އިމާރާތެއް އަޅަން ނިންމައި އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓިއޯ އިން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އިމާރާތް އަޅާނީ މާލޭގައި ހުންނަ އެސްޓީއޯގެެ ހެޑް އޮފީހާ ކައިރީގައި އޮންނަ ބިމެއްގައި ކަމަށެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެސްޓީއޯގެ %15 އިކުއިޓީ ހިމެނޭ ގޮތަށް ކަމަށެވެ.

އެސްޓިއޯ އިންބުނީ، އީޕީސީ ހިމެނޭ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކުރެވޭނީ 18 މިލިއަން ޑޮލަރުގެ ނުވަތަ މިފަދަ އެއް މަޝްރޫއު ހިންގާފައިވާ ކުންފުނިތަކަށް ކަމަށާއި، ފާއިތުވި ފަސް އަހަރު ތެރޭ މިފަދަ ބޮޑު މަޝްރޫއުއެއް ހިންގާފައިވާ ޕްރައިމަރީ ކޮންޓްރެކްޓަރަކަށް ވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑި މި މަހުގެ 13އަށް ހަމަވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!