އޮށާޅަމަތީ ބިލިމަގު އުގުޅާލުމުން އެވާ ގޮތެއް!
ދެންމެ | 07 އޯގަސްޓް 2024

ބިލިމަގު އަކީ ކާމަރަނގަ އާއި އެއް އާއިލާކަށް ނިސްބަތްވާ ހުތް ފޮނިމޭވާ އެކެވެ. އަސާރަ ހަދައިންގެންނާއި، ސަލަޑް ހަދައިގެން، އަދި މޭވާއެއްގެ ގޮތުގައި ވެސް ބިލިމަގު ކައިއުޅެއެވެ.

ބިލިމަގަކީ އޭގައި ސިއްހީ ފައިދާތަކުން މުއްސަނދިވެފައިވާ، ކެއުމަށް މީރު މޭވާއެކެވެ.

މޫނުގައި ނަގާފައި ހުންނަ އޮށާޅައަށް ފަރުވާކުރުމަށް ޗަސްކޮށްފައި ހުރި ބިލިމަގު ކޮޅެއް، އޮށާޅަ މަތީ އުނގުޅާށެވެ. 10 ވަރަކަށް މިނެޓު ބެހެއްޓުމަށް ފަހު، ރަނގަޅަށް މޫނު ފެންފޮދަކުން ދޮވެލާށެވެ. އޮށާޅަ މަތީ އުނގުޅާފައި ހުންނަ އިރު ދިލަ ނެގުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ބިލަމަގަކީ އެސިޑިކް އެއްޗަކަށް ވުމެވެ.

ބިލިމަގުގައި ހިމެނޭ ވިޓަމިން ސީ އަކީ އެންޓި އޮކްސިޑެންޓެކެވެ. މީގެ އިތުރުން ވެސް އިތުރު އެންޓި އޮކްސިޑެންޓްތައް ބިލިމަގުގައި އެކުލެވިގެން ވެއެވެ. ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށް ދެއެވެ. ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްފައި ބެހެއްޓުމަކީ މުސްކުޅިވުން ލަސްވެ، އެކިބާވަތުގެ ކެންސަރުތައް ޖެހުމުގެ ފުރުސަތު ހަނިކޮށްދެއެވެ.

ދަތުގައި ރިއްސާނަަމަ ރިއްސުން ކުޑަ ކުރުމައް ބިލިމަގުން ފަރުވާ ހޯދެއެވެ. ދަތުގައި ރިއްސާނަމަ، އެ ރިއްސާ ދަތުގައި ބިލަމަގު ކޮޅެއް ޗަސްކޮށްފައި އަޅާލާށެވެ. މިކަމަކީ ރިހުން ކެނޑުވުމަށްޓަކައި ކައިއުޅޭ ޑަކްޓަރީ ބޭހަށްވުރެ ފައިދާ ބޮޑު ކަމެކެވެ.

ބިލިމަގު ގަހުގެ މޭވާގެ އިތުރުން ފަތާއި މުލާއި މަލުންވެސް އެކި ބޭނުންތައް ފުދެއެވެ. ބިލިމަގު ފަތުގެ ދިޔަ ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރެއެވެ. ބިލިމަގު ފަތް ކައްކައިގެން އޭގެ ދިޔަ ފުރަގަސް ފަރާތް ދުޅަވުމުން އެ ދުޅަ ތިރިކުރުމަށް ބޭނުން ކުރެއެވެ. އަރިދަފުސް ރޯގާޖެހި މާގަދަޔަށް ކެއްސާނަމަ، ކެއްސުން ލުއި ކުރުމަށް ބިލިމަގު މަލުގެ ދިޔަ ބޭނުން ކުރެވިދާނެއެވެ. އިހުގައި ކޯފުއްފި ޖެހުމުން ބިލިމަގު ގަހުގެ ފަތް ޗިސްކޮށްގެން ކޮލުގައި އަޅައި އުޅުނެވެ. އަދި ހަމައެހެންމެ މި ފަތަކީ ރާއްޖޭބަލީގައި ހުޅުދުޅަވާ މީހުން، ދުޅަ ތިރި ކުރުމަށްވެސް ރަނގަޅު އެއްޗެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. މި ގޮތުން ބިލިމަގު ގަހުގެ ފަތް ޗިސްކޮންގެން އެޅުމުން ދުޅަ ތިރިވާކަމަށް ދިވެހި ބޭސްވެރިން ބުނެއުޅެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!