ރައީސް ޑރ. މުއިއްޒު، ޖައިޝަންކަރާއި ބައްދަލުކުރައްވައިފި
ދެންމެ | 10 އޯގަސްޓް 2024
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްްވި ބައްދަލުވުމުގެ ތަފްސީލެއް އަދި ރައީސްް އޮފީހަކުން ހާމައެއް ނުކުރެވެ.

މި ބައްދަލުކުރެއްވުމުގެ ފޮޓޯއަކާއި އެކު ޖައިޝަންކަރު އޭނާގެ އެކްސައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ  އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހެޔޮ އެދުންތައް ރައީސް މުއިއްޒުއަށް އަރިސްކުރެއްވިކަމަށެވެ. އަދި ރާއްޖެ އާއި އިންޑީއާގެ ގުޅުން އިތުރަށް ބަދަހިކޮށްް އެކަމުގެ ފައިދާ ރައްޔިތުންނާއި މި ސަރަހައްދަށް ކުރާނެކަމަށެވެ.

މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ދެވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

3 ދުވަހަށްް ޖައިޝަންކަރު ކުރައްވާ މި ރަސްމީ ދަތުރުގައި އިންޑިއާއިން ލޯނު އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަސައްކަތްތައްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވާލައްވަން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް އައްޑޫ ސިޓީއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!