މަންމައަށް އަނިޔާ ކުރި މީހަކު ބަންދުކޮށްފި
ދެންމެ | 10 އޯގަސްޓް 2024

މަންމައަށް ގެވެށި އަނިޔާކޮށް، މާރާމާރީ ހިންގި މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ – އުމުރުން 38 އަހަރުގެ ދިވެހި އެ ފިރިހެން މީހާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހާޒިރު ކުރުމުން އެ ކޯޓުން ވަނީ 15 ދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ތަފްސީލު – އޭނާ ބަންދު ކުރި އަމުރުން އެނގޭ ގޮތުގައި، މަންމައަށް ގެވެށި އަނިޔާކޮށް، މާރާމީ ހިންގި ކަމުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވެ އެވެ. އަދި ފުލުހުންގެ ފަރާތުން ހުށަހެޅި ބަޔާންތަކުން މަންމައަށް އަނިޔާއެއް ދިން ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

 

އޭނާ ބަންދުގައި ބަހަައްޓަން ޖެހޭ ސަބަބެއް ކަމަށް ކޯޓުން ފާހަގަކުރި ކަންކަމަކީ:

ކުށުގެ އަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު، ތަކުރާރުކޮށް އެ އަމަލު ކޮށްފާނެ ކަމަށް ބެލެވޭ ކަންތައްތަކެއް ހުރުމުން

މައްސަލައިގައި ހެކި ބަސް ދޭން ހުރި އޭނާގެ މަންމައަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވުން

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!