ޔޯގާ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ދެންމެ | 22 ޖޫން 2022

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ

  • ކ. ތުލުސްދޫ/ ވީނަސް، މުހައްމަދު ނަދީމް (43އ)
  • މއ. ކަނުހުރާ/ މުހައްމަދު ޒިލްޔަން (37އ)
  • ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ)
  • ތ. މަޑިފުށި/ ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ)
  • ހއ. ތުރާކުނު/ ގްރީންހައުސް، މުހައްމަދު ހުސައިން (47އ)
  • ގދ. ރަތަފަންދޫ/ ލިލީޕާކް، އަމީން އަހުމަދު (35އ)

 

ފުލުހުން ބުނީ، މި މީހުންނަކީ ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން ކަމަށެވެ.

އެ މީހުންގެ ތެރެއިން ނަދީމާއި މައުސޫމް މުހައްމަދު ހުސެއިން އަދި އަމީންގެ ބަންދަށް ވަނީ 60 ދުވަސް ޖަހައިފަ އެވެ. އަނެއް ދެ މީހުން، ޒިލްޔަން އަދި ޝާމީގެ ބަންދަށް ޖަހާފައި ވަނީ ފަސް ދުވަހެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ އިރު، އެކަމުގެ ފަހަތުގައި ތިބި މީހުން ވީ އެންމެ އަވަހަށް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް