އިންނަން ކަމަށް ބުނެ، ދިވެހި އަންހެން ކުއްޖަކު މާލެ ގެނެސް ހަފުސް ކޮށްލައިފި
ދެންމެ | 11 އޯގަސްޓް 2024

އިންނާނަމޭ ކިޔައިގެން ރާއްޖެ ތެރޭ ރަށެއްގެ އަންހެން ކުއްޖަކު މާލެގެނެސް ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅެ، އަދި އެތަކެއް ހަރަދުތަކެއް ކުރުމަށްފަހު އަންހެންކުއްޖާއަށް ދޯކާ ދިނުމަށްފަހު ފިރިހެން ކުއްޖާ ފިލައިފިއެވެ.

ދޯކާދިން ފިރިހެންކުއްޖާގެ ވާހަކަ ފޭސްބުކްގައި ހިއްސާކުރަމުން އިތުރު ހިސާބު ރަށަކަށް ނިސްބަތްވާ އާއިޝަތު ނާޒީ ނަމަކަށް ކިޔާ އެ އަންހެންކުއްޖާ ބުނެފައިވަނީ، އިންނާނަމޭ ކިޔައިގެން މާލެ ގެނެސް މާލެ އައުމަށްފަހު ދެމީހުން އެކުގައި 10 މަސްދުވަސްވަންދެން އުޅުނުކަމަށެވެ. ދެމީހުން އުޅުނުކަމަށް އަންހެންކުއްޖާ ބުނަނީވެސް އެއްތަނެއްގައެވެ.

އެ މަންޖެ ކުރި ޕޯސްޓްގައި ބުނެފައިވަނީ، ދެމީހުން އެކީގައި އުޅުނުއިރު ކުރަންޖެހޭ ހުރިހާ ހަރަދެއްކުރީ އަންހެންކުއްޖާ ކަމަށާއި، އެންމެފަހުން އެ ކުއްޖާއަތުން ފައިސާ ހުސްވެ، ހިފައިގެން އުޅުނު ކޮޓަރިގަނޑުގެ ކުލި ދައްކާ ހިސާބަށް ދިއުމުން ފިރިހެން ކުއްޖާ ފިލީ ކަމަށެވެ.

ފިރިހެންކުއްޖާ ފިލިކަން އެނގުނީ ޑިއުޓީއަށްގޮސް އެނބުރި އާއިރު ކޮޓަރީގައި އޭނާގެ އެއްވެސް އެއްޗެއް ނެތުމުން، ގުޅައިގެން އެއްވެސް ހަބަރެއް ނުވުމުންކަމަށް އެމަންޖެ ވަނީ ބުނެފައެވެ. އޭނާ ފިލައިގެންދިޔައިރު ކައިވެނިކުރުމަށް ފޯމުވެސް ނަގާފައިވާކަމަށާއި، އޭނާ އާ މިހާރު ގުޅޭނެ އެއްވެސް ގޮތެއް ނެތްކަމަށްވެސް އެ މަންޖެ ވަނީ ބުނެފައެވެ.

”ގުޅީމަ ފޯނެއް ނުނަގާ، ހުރިހާ އެއްޗެއް ބްލޮކް ކޮށްލާފަ ހުރީ“ އަންހެން މަންޖެ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުންޏެވެ.

އަންހެން ކުއްޖާ ކުރި ޕޯސްޓް

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިހެންކުއްޖާ ނިސްބަތްވަނީ ނ.އަތޮޅު ވެލިދުއަށެވެ. އަންހެންކުއްޖާ ތުހުމަތުކުރި ގޮތުގައި މިކަމަކީ ފިރިހެންކުއްޖާ އާއި އޭނާގެ އާއިލާ ރާވައިގެން އޭނާއަށްދިނަ ލަނޑެކެވެ. އެއީ އޭނާ ލައްވައި 5 ލައްކަ ރުފިޔާގެ ލޯނެއް ނަގަން އުޅެ، އެކަން ކާމިޔާބުނުވުމުން ދިން ލަނޑެކެވެ.

މިވާހަކަ އަންހެންކުއްޖާގެ ފޭސްބުކްގައި ހިއްސާކުރުމުން ބައެއް މީހުންވަނީ އެ ޕޯސްޓްގައި ފިރިހެންކުއްޖާ ޓެގްވެސް ކޮށްފައެވެ. ނަމަވެސް އެ ފިރިހެން ކުއްޖާ އެއްވެސް ރިއެކްޓެއް ކޮށްފައެއް ނުވެއެވެ.

ހިތާހިތުގެ ގުޅުމުންނޭ މިކިޔާ ގުޅުމުން ރައްޓެހިވެގެން އުޅޭއިރު ދޯކާ ދީފައި ދިއުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. މިފަދަ މައްސަލަތައް މި މުޖުތަމައުގައި ގިނަކަން މީސް މީޑިއާގެ އެކި ވަސީލަތްތަކަށް ބަލާލުމުން އެނގެއެވެ. އަދި މިފަދަ ކަންކަން އާއްމުވަމުން ދަނީ އިސްމާމްދީނުގައި އޮންނަ ރިވެތި އުސޫލްތަކާ ހިލާފަށް އަމަލުކުރަމުންދާތީކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!