ގައުމަށް ގައްދާރުވުމުން އޭޖީ ރިފްއަތު ބޭރު ކުރަން މަޖިލީހަށް ހުށަޙަޅައިފި
ދެންމެ | 11 މެއި 2023

ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގުޅިފައިވާ ޕާޓީތަކުން ހުށަހަޅައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕްއިން މިހާރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ ދެކުނުގެ ކަނޑު ވިއްކާލި މައްސަލައާ ގުޅިގެން އެކަމާ ގުޅުން ހުރި ވަޒީރުން ބޭފުޅުންނާއި އެނޫވެސް ކަމާގުޅުންހުރި ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަން ފަށާފައިވާކަމަށާއި އެގޮތުން މިއަދު ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ބޭފުޅުންހގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރާނެކަމަށެވެ.

”އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަންވެސް މަސައްކަތް ކުރަން، މިކަން މިކުރަނީ ރާއްޖޭގައި މިހާރު އޮތް ގިނަ ޕާތީތަކުގެ އެއްބާރުލުމާއެކު ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކޮންމެ ގައުމުގައި ހުންނާނެ ކުރަން ޖެހޭ ކަންކަމާއި ކޮށްގެން ނުވާނެ ކަންތައްތަކެއް ހުންނާނެކަމަށާއި ކޮންމެ ވެރިކަމެއް އަޔަސް އަދި ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް ގައުމުގައި ކުރެވޭ ކަންތައްތަކާއި ނުކުރެވޭ ކަންތައްތައް ހުންނާނެކަން ވިސްނަން ޖެހޭކަމަށެވެ.

އަދި ގައުމު ހިންގަން ރައްޔިތުން ވެރިއަކަށް ހަވާލުކުރަނީ ވަރަށް އިހްލާސްތެރިކަމާ ވެރިކަން ކުރުމަށްކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ރައްޔިތުން ވެރިކަން ހަވާލުކުރަނީ ފަހަރެއްގައިވެސް އެމީހާ އަމިއްލަ އެދުމުގެ މައްޗަށް ނޫނީ އެހެން ބައެއްގެ އެދުމުގެ މައްޗަށް ކަންތައް ކުރަން ނޫންކަމަށެވެ.

ވެރިއަކު މި ގައުމަށް އިހްލާސްތެރިވާން ޖެހޭނެ، ގައުމުގެ އަމާނާތްތަކަށް ހިޔާނާތްތެރިވެގެން ނުވާނެ“ ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގައުމުގެ ބިމާއި އިސްލާމް ދީނާ އެފަދަ ދޫ ނުކުރެވޭފަދަ ކަންތައްތަކެއް ކޮންމެ ގައުމެއްގައިވެސް ހުންނާނެކަމަށެވެ.

މީގެއިތުރުން ސަލީމް ވަނީ އޭނާ މީގެ ކުރިން އަދާކުރި ވަޒީފާގެ ވާހަކަ ހިއްސާ ކުރައްވާ ދިވެހި ރައްޔިތުންގެ ގައުމާދޭތެރޭ ދެކޭ ގޮތާއި ދިވެހިންގެ އަމަލުތައް ހުންނަ ގޮތް ކިޔާ ދެއްވާފައެވެ.

ސަލީމް ވިދާޅުވިގޮތުގައި އޭނާ އެޓޯލްސް މިނިސްޓްރީގައި މަސައްކަތްކުރެއްވޮއިރު އެ މިނިސްޓރްީއަށް އަންނަ މައްސަލަތަކުގެ ތެރެއިން 90 އިންސައްތަ މައްސަލައަކީ އިމުގެ މައްސަލައެވެ.

”މި އަދި ކުދި ކުދި ގޯތީގެ ވާހަކަ މި ދައްކަނީ، މުޅި ރާއްޖޭގައި ފިތުނަ ފަސާދަ އުފެދޭ އެންމެ ބޮޑު މައްސަލައަކަށް އޮންނަނީ އިމުގެ މައްސަލާގައި، ރާއްޖޭގެ ރައްޔިތުންނަކީ އިމާދޭތެރޭ ވަރަށް ބޮޑަށް ވިސްނާ ބައެއް“ ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފޯޅަވަހީގެ މައްސަލަ ރައްޔިތުންނަށް ނޭނގޭނެކަމަށް ސަރުކާރުން ހީކޮށްގެން ނުވާނެކަމަށާއި ރައްޔިތުންނަށް އެއަށްވުރެ ބޮޑަށް އެނގޭ ކަމެއް ނޯންނާނެކަމަށެވެ.

”އިމުގެ މައްސަލައަށްވުރެ ރައްޔިތުންނަށް އެނގޭ އެއްވެސް މައްސަލައެއް ނޯންނާނެ“ ސަލީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!