ގަނޑުވަރުން ވަގަށް ނަނގައި ގެން 40,000 ޓާކާއަށް ވިއްކާލި ހަސީނާގެ ބުޅާ ސިފައިން ހޯދައިފި
ދެންމެ | 12 އޯގަސްޓް 2024

ބަންގްލަދޭޝްގެ އެނިމަލް ވެލްފެއާ ފައުންޑޭޝަނެއް ކަމަށްވާ އޮބޯޔަރޮންނޯ ބުނި ގޮތުގައި އެ ބުޅާ ވިއްކާލީ ބަންގްލަދޭޝްގެ ބޮޑު 40،000 ޓަކާ (340 އެމެރިކާ ޑޮލަރު) އަށެވެ. ނަމަވެސް މިވާހަކައަށް ހެޔޮ ބަދަލެއް ލިބުނީ ބަންގްލަދޭޝްގެ ސްޕެޝަލް ސެކިއުރިޓީ ފޯސްގެ އެހީގައެވެ. އެފޯސްއިން ބުޅާ ޓްރެކްކޮށް ހޯދުމުގެ ބުރަ މަސައްކަތައް ފަހު ވަނީ އަނބުރާ އެގެކޮޅަށް ގެނެސްފަ އެވެ.

އޭނާގެ ގެކޮޅު ފަޅާލަމުން ދިޔަ މުޒާހަރާގެ ބައިވެރިން ވަނީ އެ ގެއިން އަސްދޫނި, ކުކުޅު އަދި ބަކަރި ފަދަ ތަފާތު ޖަނަވާރުތައް ފޭރިގަންނަން ފުރުސަތު ހޯދައިފަ އެވެ. ނަމަވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދީ ހަސީނާގެ ބުޅަލެވެ. އެގޮތުން އެ ބުޅާ ވަނީ ވަގަށްނަގައި ބްލެކް މާކެޓްގައި ބޮޑު އަގަކަށް ވިއްކާލާފަ އެވެ. ހަސީނާގެ ފޭވަރިޓް ޖަރުމަނު ޝެފަޑްވެސް ވަނީ އެ ހަލަބޮލިކަމުގެ ތެރޭގައި ވީނުވީއެއް ނޭނގި ގެއްލިފައ އެވެ.

ބަންގްލަދޭޝްގެ އެނިމަލް ވެލްފެއާ ފައުންޑޭޝަނެއް ކަމަށްވާ އޮބޯޔަރޮންނޯ ބުނި ގޮތުގައި އެ ބުޅާ ވިއްކާލީ ބަންގްލަދޭޝްގެ ބޮޑު 40،000 ޓަކާ (340 އެމެރިކާ ޑޮލަރު) އަށެވެ.

ނަމަވެސް މިވާހަކައަށް ހެޔޮ ބަދަލެއް ލިބުނީ ބަންގްލަދޭޝްގެ ސްޕެޝަލް ސެކިއުރިޓީ ފޯސްގެ އެހީގައެވެ. އެފޯސްއިން ބުޅާ ޓްރެކްކޮށް ހޯދުމުގެ ބުރަ މަސައްކަތައް ފަހު ވަނީ އަނބުރާ އެގެކޮޅަށް ގެނެސްފަ އެވެ.

ބޮޑު ވަޒީރުގެ ޖަރުމަނު ޝެޕާޑް އާއި އެ ބުޅާ ވަނީ ރައްކާތެރިކަމާއެކު އޭނާގެ ގެކޮޅަށް ގެންގޮސްފަ އެވެ. ވަގަށް ނެގި ބައެއް ޖަނަވާރުތައް އަނބުރާ ގެޔަށް ގެންދެވުނު ނަމަވެސް، އޭނާގެ ގޯލްޑަން ރިޓްރީވާ ފަދަ ޖަނަވާރުތައް އަދިވެސް ވަނީ ގެއްލިފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުގައި ކުއްތާގެ ވަލުގައި ޖަހައިގެން، ގޮވައިގެން ދާ މަންޒަރުތައް ވަނީ ފެނިފަ އެވެ. އަދި ބުޅާވެސް ގިނަ ބަޔަކު ވެގެން ގެންދާތަން ފެނެއެވެ. ވަގަށް ނަގާފައިވާ އެހެން ޖަނަވާރުތަކެއް އަނބުރާ ހޯދުމަށް ވެސް އޮބޯޔަރޮންނޯ ވަނީ އާންމުންގެ ގާތުގައި އެދި، އެ ޖަނަވާރުތައް އަމިއްލައަށް ހޯދުމަށާއި، އެޖަނަވާރުތައް ބަލަހައްޓަން ޖެހިއްޖެ ނަމަ އެޖަނަވާރުތައް ބެލެހެއްޓުމަށް އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!