ކައްކާއިރު ވެސް ކާއިރު ވެސް އެ އެއްޗެއް ބޭނުންކުރުމުން ގިނަ ބަޔަކު ދުރުވާ އެއްޗެކެވެ. ދުވާ ވަހުންނާއި ދޭ ރަހައިން ކާހިތް ކެނޑޭ އެއްޗެކެވެ. ނަމަވެސް އެއީ ސިއްހަތަށް ހުރި ރަނެކެވެ. ގިނަ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ. އެއީ ލޮނުމެދެވެ.
ލޮނުމެދަކީ އަހަރުމެންގެ ތެރޭގައި އެހާ މަގުބޫލު އެއްޗެއް ނޫން ނަމަވެސް ތިރީގައި މިވާ ފައިދާތައް އެއިން ލިބުމަކީ ލޮނުމެދު ނުކައި ދޫކޮށް ނުލަންވީ ސަބަބުތަކެވެ.
ކޮލެސްޓްރޯލް ދަށްކޮށްދޭ
ލޮނުމެދުން ލިބޭ ފައިދާތަކާ ބެހޭ ގޮތުން ހެދި ދިރާސާއެއްގައި ދައްކާ ގޮތުން ކޮންމެ ދުވަހަކު ލޮނުމެދު ބޭނުން ކުރާ މީހުންގެ ކޮލެސްޓްރޯލް ފަސް މަސް ދުވަހުގެ ތެރޭގައި ދަށްވެ އެވެ. ނަތީޖާ ފެންނަން ގިނަ ދުވަސް ނެގި ނަމަވެސް ލޮނުމެދު ބޭނުންކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް ކުރެވިދާނެ ކަމެކެވެ.
ހަންގަނޑު ރީތިކޮށްދޭ
ލޮނުމެދަކީ އޭގައި ހިމެނޭ އެންޓި އޮކްސިޑަންޓްސްގެ ސަބަބުން ހަންގަނޑު ރީތިކޮށް ދަމަހައްޓަން އެހީވާ އެއްޗެކެވެ. ހަންގަނޑުގައި އޮށާޅަ ނުވަތަ ބިހި ނަގާނަމަ ލޮނުމެދު ހިމުންކޮށް ޗަސްކޮށްލުމަށް ފަހު އެތަނެއްގައި އުނގުޅާލާށެވެ. މީގެ އިތުރުން އެއީ އުމުރުން ދުވަސް ވާވަރަަކަށް ހަންގަނޑަށް ރޫއެރުން ވެސް ކުޑަކޮށްދޭ އެއްޗެކެވެ.
ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދޭ
ލޮނުމެދުގައި ހުންނަ އެންޓި އިންފްލިމޭޓަރީ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅު ކޮށްދެ އެވެ. ލޮނުމެދު ކާނަމަ ލޭގެ ޕްރެޝަރު 10 ޕަސެންޓް ދަށްވާ ކަމަށް އެކަމާ ގުޅޭގޮތުން ހެދި ދިރާސާތަކުން ދައްކާފައިވެ އެވެ.