ހަރުގެ މައްސަލައިގައި ފައްޔާޒު ރުޅި ގަދަވެ, ސަފިއްޔާއަށް ގުޅައި ރޯ އައުގުރާނަ ގޮވައި ބޯންދީފި
ދެންމެ | 29 މެއި 2023

ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒުގެ އަމުރަށް ހިސޯރު ކޮށްފައިވާ އެމްޑީޕީ މައި ހަރުގެ މައްސަލައިގައި ފައްޔާޒު ރުޅި ގަދަވެ, ބިމުގެ ވެރިޔާ ސަފިއްޔާއަށް ފޯނުން ގުޅައި ރޯ އައުގުރާނަ ގޮވައި ބޯންދީފި އެވެ.

އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ކުއްލި ގޮތަކަށް ފައްޔާޒު ސަފިއްޔާއަށް ގުޅައިފައި ވަނީ ނޫސްތަކުން ހަރުގެ ހުސްނުކޮށް ކޯޓަށް ހުށަހެޅި މައްސަލަ ރިޕޯޓް ކުރަން ފެށުމުންނެވެ.

ސަފިއްޔާގެ އަރިސް މީހަކު ކިޔާދިން ގޮތުގައި ފައްޔާޒު ސަފިއްޔާ އާއި ދިމާލަން ގޮވި ރޯ އައުގުރާނައިގެ ސަބަބުން އަދިވެސް ސަފިއްޔާ ހުރީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

“ އަޅުގަނޑަށް ހިޔެއް ނުވޭ. މަގުމަތީ ދަމާ ކަނޑަން އުޅޭ ވަކަރުގޭ ކުއްޖަކު ވެސް އެވަރަށް އައުގުރާނަ ދަސްވެފަ ހުންނާނެ ހެނެއް. ޑްރިކްތައް ވެސް ދިން ކަމަށް ވަނީ ބަރިބަރި އަށް ފަތި ފައްޗައް.“ އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ ފައްޔާޒަކީ ހަޔާތެއް އަގަލެއް ހުރި މީހެއް ނޫންކަން މިއަދު ސާބިތު ކޮށްދީފި ކަމަށެވެ.

ބަގުރޫޓް ފައްޔާޒަކީ އަބަދު ވެސް ރޮދިކެނޑިފައި ހުންނަ މީހެއް ކަމަށް އޭނާ އާއި އެކު މަސައްކަތް ކުރި ބައެއް ފަރާތްތަކުން ބުނެ އެވެ.

އެމްޑީޕީގެ އިސް ސަފްގައި އުޅޭ ފަރާތްތަކާއި ސަރުކާރުގެ ސިޔާސީ ފަރާތްތަކަށް ވެސް އާއްމު ގޮތެއްގައި ރޯ އައުގުރާނަ ގޮވާ ފައްޔާޒު ސަބަބުން ވަރަށް ގިނަ ސިޔާސީ ފަރާތްތައް ވަނީ އޭނާ އާއި ވާހަކަ ދެއްކުން ވެސް ހުއްޓާލައިފައި ކަމަށް ވެއެވެ.

ބަގުރޫޓް ފައްޔާޒު ބިމުގެ ވެރިޔާ އާއި ދިމާއަށް އައުގުރާނަ ގޮވާފައިވާއިރު އެމްޑީޕީ މައި ހަރުގެ ހުސްކުރުމަށް އެންގުމުން ވެސް ހަރުގެ ހުސްނުކޮށް ގަދަބާރުން އެތަން ހިސޯރުކޮށްގެން ތިބެ އެތަން ގޭގެ ވެރިފަރާތުން ފޭރިގަތުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްވެ ހުރެ އެމްޑީޕީން ސިވިލް ކޯޓަށް ވަނީ މައްސަލަ ވެސް ހުށަހަޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!