އޫރިދޫ 5ޖީ އެތައް މިތަނުން ލިބެން ފަށައިފި
ދެންމެ | 14 އޯގަސްޓް 2024

އުރީދޫ ފައިވްޖީ މިހާރު ކ. ގުރައިދޫއަށް ލިބޭނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫގެ 19ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ފައިވްޖީގެ ޚިދުމަތް ވަނީ އާބާދީގެ 60 އިންސައްތައަށް ލިބޭ ގޮތަށް ފުޅާކޮށްފައެވެ.

އެގޮތުން އުރީދޫ މޯލްޑިވްސްގެ ފައިވްޖީގެ ޚިދުމަތް ގުރައިދޫއަށް ތާރަފްކުރިކަން އިއުލާނުކުރުމަކީ، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދިނުމަށް އުރީދޫން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފައިވްޖީ ތައާރަފުކުރުމާއެކު ގުރައިދޫގެ ރައްޔިތުންނަށް މިހާރު ކުރިއަށް ވުރެ ހަލުވި އިންޓަނެޓް ސްޕީޑާއި އަލްޓްރާ ލޯ ލެޓެންސީ އަދި އިތުބާރު ހިފޭ ކަނެކްޝަނެއް ތަޖުރިބާކުރެވޭނެއެވެ. އަދި ދިރިއުޅުމާއި މަސައްކަތާއި ކުޅުމުގެ ވައްޓަފާޅިއަށް މިކަމުގެ ސަބަބުން ހެޔޮ ބަދަލު ތަކެއް އަންނާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫގެ ފައިވްޖީ ނެޓްވޯކުން ގިނަ ފައިދާތަކެއް ލިބޭއިރު، އޭގެ ތެރޭގައި މޮބައިލް ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރަށް ރަގަޅުވުމާއި، ހައި ޑެފިނިޝަން ކޮންޓެންޓް މެދުނުކެނޑި ސްޓްރީމްކުރުން ހިމެނެއެވެ.

އުރީދޫން ބުނީ ޓެކްނޮލޮޖީގެ މި ކުރިއެރުމަކީ ރާއްޖެ ޑިޖިޓަލް ތަނަކަށް ހެދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގައި ފުރިހަމަވި ބޮޅެއް ކަމަށެވެ. އަދި މިއާއެކު އިނޮވޭޝަނަށް މަގުފަހިކުރުމަށާއި، އިގްތިސާދީ ފުރުސަތުތައް އިތުރުކޮށް، ޑިޖިޓަލް ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށް އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށް އުރީދޫން ބުންޏެވެ.

ގުރައިދޫގައި ފައިވްޖީ ތައާރަފްކުރުމަކީ، ޑިޖިޓަލް އިންގިލާބުގެ ފައިދާ ކޮންމެ ރަށަކަށް ވެސް ލިބޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައިވްޖީގެ ހިދުމަތް ފުޅާކުރުމަށް އުރީދޫއިން ރާވާފައިވާ ފުޅާ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އުރީދޫގެ ފައިވްޖީ ނެޓްވޯކް ފުޅާކުރަމުން އަންނައިރު، ޑިޖިޓަލް އިންކްލޫޝަން ޑްރައިވްކޮށް، އެންމެންނަށް ގުޅިފައިވާ މުސްތަގުބަލެއް ބިނާކުރުމަށް އެ ކުންފުނިން މަސައްކަތް ކުރާކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!