ލޭން އަޅައިފިނަމަ ޓޫރިޒަމް ހަލާކު ވާނެ: ނަސީދު
ދެންމެ | 16 އޯގަސްޓް 2024

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އެ ކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވަނިކޮށް ސަރުކާރު ކެބިނެޓުން ވަނީ ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ނަޝީދު މިއަދު އެކްސްގައި ލިޔުއްވީ ލޭނު މަސްވެރިކަމުގައި މިޔަރާއި ކޯމަހާއި ކަނޑުމަހާއި ސީބާޑް ވެސް ގަނޑުކޮށް ޖަހަން ފަށާނެ ކަމަށެވެ.

”މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި ޕޯލް އެންޑް ލައިން ޓޫނާ ބްރޭންޑްތަކަށް ގެއްލުންވާނެ، ދިވެހި މަސްވެރިކަމަށް ވެސް ގެއްލުން ދައްކާނެ,“ ނަޝީދު ލިޔުއްވާފައިވެ އެވެ.

ސަރުކާރުގެ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ޖަމިއްޔާޖަމާއަތްތަކުން އަންނަނީ ބަޔާން ނެރެމުންނެވެ.

އޭގެ ތެރޭގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި، މޯލްޑިވްސް އޯޝަން އެލަޔަންސް ހިމެނެ އެވެ. އެ ޖަމިއްޔާތައް ގުޅިގެން އޮންލައިން ޕެޓިޝަނެއް ވެސް ލޯންޗުކޮށް އޭގައި 12,000 އެއްހާ މީހުން ވަނީ ބައިވެރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!