އަގުހުރި އިނާމުތަކާއެކު ވޯލްޑް ކަޕަށް އެސްޓީއޯ އިން ތައްޔާރުވެއްޖެ
ދެންމެ | 05 އޮކްޓޯބަރ 2022

އަގުހުރި އިނާމުތަކާއެކު ވޯލްޑް ކަޕަށް އެސްޓީއޯ އިން ތައްޔާރުވެއްޖެއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން މިއަދު ބުނީ އަންނަ މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ފޯރި އިތުރަށް ގަދަކޮށްލުމަށް ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ”ހޭވައްލާ ތައްޔާރު“ގެ ނަމުގައި މިއަދު ފަށާފައިވާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށްގެން، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި މި ޕްރޮމޯޝަން ކުރިއަށްގެންދާނީ މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

”ގަންނަ 50 އިންޗީގެ ފިލިޕްސް ޓީވީއަކާއެކު ސައުންޑްސްޕީކާ ބާ އަކާއި ކޮންމެ ޓީވީއަކާއެކު ބްރެކްޓް ހިލޭ ލިބޭނެ“ އެސްޓީއޯއިން މަޢުލޫމާތުދީފައިވެއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން އެއްވަނަ ލިބޭ ފަރާތަށް އައިފޯން 14 ޕްރޯ މެކްސެއް ލިބޭނެ ކަމަށެވެ. އަދި ދެވަނަ އިނާމަކަށް ޕީއެސް 5 އެއް ވީއާރް އާއެކު ލިބޭނެކަމަށާއި، ތިންވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15000 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ލިބޭނެ ކަމަށެވެ.

މި ލަކީޑްރޯގައި ބައިވެރިވެވޭނީ ”ހޭވައްލާ ތައްޔާރު“ ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ދޫކުރާ ކޫޕަން އެކަމަށް ކަނޑައަޅާފައިވާ ފޮއްޓަށްލުމުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!