އަންހެން ނަރުހެއް އަމަލުވަމުންދާތީ އައިޖީއެމްއެޗުން ސަސްޕެންޑް ކޮށްފި
ދެންމެ | 17 އޯގަސްޓް 2024

މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުކުރެވޭ އެ ހޮސްޕިޓަލުގެ ދިވެހި އަންހެން ނަރުސް ސަސްޕެންޑްކޮށްފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އައިޖީއެމްޗުން އިސްވެ ހުށަހަޅައިގެން ނަރުހަކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ”ދެންމެ އޮންލައިން“ އަށް ވިދާޅުވީ މައްސަލާގެ ތުހުމަތުކުރެވޭ ވާޑް އިންޗާޖުގެ ވަޒީފާ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވާ ކަމަށެވެ.

”އަދި އެ މުވައްޒަފު މިހާރު ވާނީ ސަސްޕެންޑްކުރެވިފައި“ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މައުލޫމާތު ލިިބިފައިވާ ގޮތުން ނަރުހަށް ތުހުމަތު ކުރެވެނީ ޑިއުޓީގައި ޑްރަގް ބޭނުން ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!