މާތް ﷲ ރަހްމަތުން މުދާ ހޯދަމުން ދަނީ ހަލާލު ގޮތުގައި ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ދިޔަރެސް ނޫހުގައި ސާއިރުކޮށްފައިވާ ހަބަރަކާއި ގުޅިގެން ސާހިދު ސޯސިއަލް މީޑިޔާގައި އާއްމް ކުރައްވާފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދިޔަރެސް ނޫހުގައި އެމަނިކުފާނާއި އާއިލާގެ އަބުރު ކަތިލުމުގެ މަގުސަދުގައި އަނެއްކާވެސް އެމަނިކުފާނުގެ ދަރިން ހުޅުމާލެއިން އެޕާރޓްމެންޓް ގަނެގެން އުޅޭ ވާހަކަ ލިޔުއްވާފައިވާތީ ދަންނަވާ ދެންނެވުމެއް ކަމަށެވެ.
ސާހިދު ވިދާޅުވީ ދަރިކަލުން ޔަމީން ރެއިންކުރެސްޓް އިން ގަނެފައިވާ އެޕާރޓްމެންޓް ގަނެފައިވަނީ ބޭންކް އިން ލޯނެއް ނަގައިގެންނެވެ. އަދި ލޯނު މިހާރުވެސް ގެންދަނީ އަނބުރާ ދައްކަމުން ކަމަށެވެ
ސާހިދު ވިދާޅުވީ ދިޔަރެސްގައި އެބުނާ އެޕާރޓްމެންޓްތައް ގަނެފައިވަނީ ސަރުކާރުގެ ވަޒީރުކަމުގައި ހުރި މިދިޔަ 5 އަހަރުގެ ތެރޭގައެއް ނޫން ކަމަށެވެ. އަދި އެޕާޓްމެންޓްތައް ގަތް އިރުގައި ވެސް މިހާރެކޭ ވެސް އެއްފަދައިން އިދިކޮޅުޕާރޓީގައި ކަމަށެވެ.
“އަޅުގަނޑު މާލޭގައި 10 ބުރީގެ އެޕާރޓްމެންޓެއް ޢިމާރާތްކޮށް ކުއްޔަށްދިނުމުގެ ވިޔަފާރި ކުރަމުން އަންނަތާ އެތަށް ޒަމާނެއްވެއްޖެއެވެ. الله ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުގެ ޢާއިލާއަށް ބޭނުންވާކަންތައްތައް ޤާނޫނުގެ އިމުގެތެރޭގައި ކުރެވޭވަރުގެ ތަނަވަސްކަންވަނީ މިންވަރު ކުރައްވާފައެވެ.“ ސާހިދު ފޭސްބުކުގައި ކިޔުއްވާފައި ވެއެވެ.
ސާހިދު ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާގެ ދަރިންނަކީވެސް ދިވެހި ރައްޔިތުންނަށްވާތީ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤު ޤާނޫނު އަސާސީ ގެ 40 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ ކަމަށެވެ.
ސާހިދު އިތުރަށް ވިދާޅުވެފައި ވަނީ މިކަމާމެދު ސުވާލު ކުރައްވާފަރާތްތަކުން އަބުރު ކަތިލާ ޒާތީ ދިރިއުޅުމުގެ ކަންކަމާބެހި ގަނާކުރުމުގެ ބަދަލުގައި ޤާނޫނީ އިމުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހުށަހަޅުއްވައި އެކޮމިޝަނުން މިކަންކަން ބެއްލެވުމަށް މަރުޙަބާކިޔާ ކަމަށެވެ.