މާލޭގެ އެކި ސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑުނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއް ނިވުނުކަމަށެވެ. އަދި މާލޭގެ ކަރަންޓު ނެޓްވޯކް ސްޓޭބަލް ކުރުމަށްޓަކައި އިތުރު ދެ ފީޑަރެއް ނިއްވާލަން ޖެހުމުގެ ސަބަބުން ހެންވޭރުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ.
ނިވިފައިވާ ފީޑަރުތަކުގެ ތެރެއިން ދެ ފީޑަރު ފިޔަވާ އެހެން ހުރިހާ ފީޑަރެއް މިހާރު ވަނީ އެނާޖައިޒް ކުރެވިފައެވެ. އަދި ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ބައެއް ހިސާބުތަކަށް މިހާރު ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ
ގުޅުންހުރި ލިޔުންތައް