ކުނި ވަކި ކުރަން ދަސްކޮށްދޭ ކޯހެއް ފަށައިފި
ދެންމެ | 21 ޖޫން 2022
ކުނި ވަކިކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ވެމްކޯއިން ފަށައިފިއެވެ.

އެ ކުންފުނިން އިއްޔެ ފެށި މި ތަމްރީނުތައް އެންމެ ފުރަތަމަ ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށެވެ.

މި ވޯކްޝޮޕްގައި ގޭބިސީތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނުގައި ކުނި ވަކިކޮށްގެން ނެރޭނެގޮތްތަކަށް ވަނީ އަހުލުވެރިކުރުވާފައެވެ.

ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހިދުމަތް ހޯދަން ގޭބީސީތަކުން އުފެދޭ ކުނި އުކާލުމުގައި ކުނީގެ ބާވަތްތަކުން 3 ބަޔަށް ވަކިކޮށް ބެހެއްޓުމަށް އަންގައި އެގޮތައް އަމަލުކުރަން ޖޫން މަހުން ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!