ބާ އިންތިހާބު ފަސްކޮށްފި
ދެންމެ | 21 ޖޫން 2022

މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ބާ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން އެދުނު ގޮތަށް، އެ އިމްތިހާން ފަސްކޮށްދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމި ނިންމުން ބަދަލުކޮށް، އިމްތިހާން ފަސްކުރަން ބާ ކައުންސިލުން ނިންމައިފިއެވެ.

ބާ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ބާ އިމްތިހާންގެ ޝެޑިއުލަށް ބަދަލު ގެނެސް، އެ އިމްތިހާނު ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ބާ ކައުންސިލުން ބުނީ، ހޮނިހިރު ދުވަހު ބާއްވާ ބާ އިމްތިހާނުގައި ބައިވެރިވާން ރަޖިސްޓްރީވި ދަރިވަރުންގެ އިތުރަށް ރަޖިސްޓްރީވުމަށްފަހު ނަން ނެގި ދަރިވަރުންނަށް ވެސް ނޮވެމްބަރު މަހު ބާއްވާ އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށެވެ.

އަދި ނޮވެމްބަރު މަހު ބާއްވާ އިމްތިހާނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

އެ އިމްތިހާނުގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10،000 ރުފިޔާގެ ފީ އެކެވެ. އެ ފީ ކުޑަކޮށްދޭން އެދި މީގެ ކުރިން ދަރިވަރުން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!