ނޫމަޑި މައްސަލާގައި ރައީސް ޑރ. މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ދިފައިވާ ބަޔާން ބަދަލުކުރިކަމަށް ބުނާ މައްސަލާއާ ގުޅޭ އެއްވެސް މަޝްވަރާއަކަށް ނުދާކަމަށް ކޮމިޝަނަރު އޮފްް ޕޮލިސް އަލީ ސުޖާއު ވިދާޅުވެއްޖެއެވެ،
ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ކޮމިޝަނަރު އޮފް ފޮލިސް ހުސެއިން ވަހީދު ވިދާޅުވީ ނޫމަޑި މައްސަލާގައި އެންމެ ފުރަތަމަ ގުޅުއްވީ އޭނާއަށް ކަމަށެވެ. އަދި ބައްދަލުކުރަން ދިޔައީ މީހާރުގެ ކޮމިޝަނަރު އަލީ ސުޖާއު ގޮވައިގެންކަމަށް ހުސެއިން ވަހީދު ވިދާޅުވިއެވެ.
“ ހަމަގައިމުވެސް ނޫމަޑީގެ ކަންތަކުގައި އިނީޝިއަލީ އެންމެ ފުރަތަމަ އަޅުގަނޑަށް އެންގިގެން 300 ހައުސިން ޔުނިޓްގެ ކަންތަކުގައި އެންމެ ފުރަތަމަ ޑރ. މުއިއްޒު ގުޅުއްވީ އަޅުގަނޑާ. އަޅުގަނޑު ދިޔާއީ މިހާރުގެ ކޮމިޝަނަރު ގޮވައިގެން އެ ބޭފުޅާއި ބައްދަލުކުރަން. އެހާވަރުން މިވަގުތަށް އަޅުގަނޑު އެވާހަކަ ހުއްޓާލާނަން މަޑުކޮށްލާނަން، މަޑު ޖައްސާލާނަންް.“ ޕީއެންއެފްގެ ރޭ ޖަލްސާގައި ހުސެއިން ވަހީދު ވިދާޅުވިއެވެ.
ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސެއިން ވަހީދު މި ވާހަކަތައް ރައްދުދެއްވާ މިހާރުގެ ސީޕީ އަލީ އަލީ ސުޖާއު ދޮގުކުރައްވާ ނެރުނު 5 ފޮޅުވަތުގެ ކުރު ނޫސްބަޔާނުގައި ވަނީ ނޫމަޑި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރެއްވުމަށްް ހުސެެއިން ވަހީދާއެކު ދިޔަކަމަށް ދެއްކި ވާހަކައަކީ ހަގީގަތާއި ހިލާފު އެއްވެސް އަސާސެއް ނެެތް ވާހަކައެއްކަމަށެވެ.
“ ނޫމަޑި މައްސަލާއާ ގުލޭގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސެއިން ވަހީދާއި އެކު އެއްވެސް ފަރާތަކާއި އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ވާހަކަ ކަށަވަރުކަމާއި އެކު ދަންނަވަން.“ ސީޕީ އަލީ ސުޖާއު ވިދާޅުވިއެވެ.
ރޭ ޕީއެންއެފްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ކަމަށެވެ.
ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދެއްވި ބަޔާން މުއިއްޒު ބަދަލުކުރައްވާ ކްރިމިނަލް ކޯޓުގައި ބަޔާން ނުދެއްވާ ކަމަށް މުއިއްޒު ވިދާޅުވެ ކަނޑައެޅިގެން ދޮގު ހެއްދެވި ކަމަށް ވެސް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ.