ސަން ސިޔާމް ޒަރާއަށް ޓަކައި ދިވާނާވެ, މުޅި ކަމަދޫއަށް ބޭސްފަރުވާ ހަމަޖައްސައިފި
ދެންމެ | 20 އޯގަސްޓް 2024
ރައްޔިތުން މަޖލީހުގެ މީދޫ ދާއިރާގެ މެމްބަރު، ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެހީގައި ބ. ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިދީފިއެވެ.

ކަމަދޫ ކައުންސިލުން މިކަން ރަށު ރައްޔިތުންނަށް އަންގާ އިއުލާންވަނީކޮށްފައެވެ.

ކައުންސިލްގެ އިއުލާނުގައި ވަނީ ސަން ސިޔާމް ކެއާގެ ދަށުން ރާއްޖޭންނާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ މީހުންނަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން އެ އެހީތެރިކަން ދޭން ވަނީ ސިޔާމް ނިންމަވާފައިވާކަމަށެވެ. އަދި އެ އެހީއަށް ބޭނުންވާ މީހުން އެކަމަށް އެދުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

ކައުންސިލުން ބުނީ ސަން ސިޔާމް ކެއާގެ ދަށުން ކަމަދޫ ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާގެ އެހީތެރިކަން ދޭން ނިންމީ ކައުންސިލާއި މަޝްވަރާކުރުމަށްފުކަމަށެވެ.

564 މީހުންގެ އަބާދީއެއް އޮންނަ ކަމަދޫގައި ބޮޑު އީދު ފާހަގަކުރަން އެރަށުގައި ބާއްވަމުން އަންނަ އީދު ކުޅިވަރުތައް ކަމ ގޮސް ވަރަށް ގިނަ ބަޔަކަށް ކަމަދޫ ވަނީ ކަމުގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!