ތުޅާދޫގައި ޑިމޮކްރެޓިކުންގެ ބޮޑު ހަރުގެއެއް ހުޅުވައިފި
ދެންމެ | 04 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، ބ. ތުޅާދޫގައި ޑިމޮކްރެޓިކް ޕާޓީގެ ބޮޑު ހަރުގެއެއް ހުޅުވައިފި އެވެ.

މި ހަރުގެ ހުޅުވައި ދެއްވީ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓް އިލްޔާސް ލަބީބް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ތުޅާދޫއަށް ވަޑައިގެންނެވެ.

ހަރުގެ ހުޅުވުމަށް ތުޅާދޫގައި ބޭއްވި ހަފްލާގައި އެޕާޓީއަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި އެޕާޓީގެ ދިދަވެސް ވެސް ވަނީ ހަރުގޭގައި ނަގާފަ އެވެ. އަދި މި ރަަސްމީޔާތުގައި ތުޅާދޫގެ ދޮށީ އުމުރުގެ ކަނބަލަކު ވަނީ ކެޑިޑޭޓް އިލްޔާސްއަށް ހަދިޔާއެއްް ވެސް ދެއްވާފަ އެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!