މާބޮޑަށް ވަރުބަލި ވަނީ ތަ! ދޮންކޭލުން ވަރު އަރުވާލާ!
ދެންމެ | 30 ސެޕްޓެމްބަރ 2024

މީހާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ހަކަތަ ނުލިބުމަކީ އޭގެ ސަބަބުން އެމީހަކު މާ ބޮޑަށް ވަރުބަލިވެ ކަންނެތްވާ ކަމެކެވެ. އަދި އޭގެ ސަބަބުން އެމީހަކަށް ދުވަހުގެ މަސައްކަތްތަކާއިގެން ކުރިއަށްދާންވެސް އުނދަގޫވެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ހަށިގަނޑުގައި ހަކަތަ އިތުރުކުރުމަށް ކާންވީ ބައެއް ބާވަތްތަކެވެ.

 

ދޮންކެޔޮ

ދޮންކޭލަކީ އޭގައި ގިނަ އަދަދަކަށް ގުދުރަތީ ހަކުރުގެ މާއްދާތަކާއި، ކާބޯހައިޑްރޭޓު އަދި ޕޮޓޭސިއަމް އެކުލެވޭ ބާވަތެކެވެ. މި މާއްދާތަކަކީ ލޭގައި ހަކުރު އެއް ހަމަ އެއްގައި ބަހައްޓައިދޭ، އަދި މީހާގެ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މާއްދާތަކެކެވެ. އެހެންކަމުން މާ ބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވޭނަމަ ދޮންކެޔޮ ކެއުމުން މީހާއަށް ހަކަތަ ލިބި، ހަށިގަނޑުގައި ވަރުޖެހޭނެއެވެ.

 

އޯޓްސް

އޯޓްސް އަކީވެސް ހަށިގަނޑުގައި ހަކަތަ އުފައްދައިދިނުމަށް އެހީވެދޭ އެއްޗެކެވެ. މިއީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އާއި ފައިބާ އެކުލެވޭ އެއްޗެެއްކަމުން، މި ހަޖަމު ވާން ތަންކޮޅެއް ގިނައިރު ނަގައެވެ. މިކަމުގެ ސަބަބުން މި ބޭނުން ކުރުމުން ހަށިގަނޑުގައި ހަކަތަ އުފައްދާވަރު އިތުރުވެ، ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރުވެސް އެއްް ހަމައެއްގައި ހިފަހައްޓައިދެއެވެ.

 

ސްޕިނަޗް

ސްޕިނަޗް އަކީ އޭގައި ގިނަ އަދަދަކަށް އަޔަން އެކުލެވިގެންވާ އެއްޗަކަށްވީއިރު، އަޔަން އަކީ ހަށިގަނޑުގައި އޮކްސިޖަން ދައުރުކޮށްދޭ މާއްދާއެކެވެ. އެހެެންކަމުން ސްޕިނަޗް ކެއުމުން ހަށިގަނޑުގައި އޮކްސިޖެން ދައުރުވާ މިންވަރު ރަނގަޅުވެ، ހަށިގަނޑުގައި ހަކަތަ އިތުރުވެއެވެ. މީގެ އިތުރުން މިއީ މެގްނީޒިއަމްވެސް އެކުލެވިގެންވާ އެއްޗެއްކަމުން މި ބޭނުން ކުރުމުން ކާއެއްޗެހި ހަކަތައަށް ބަދަލު ކޮށްދޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!