އިތުރު 7 ބިދޭސީން ހައްޔަރު ކޮށްފި
ދެންމެ | 02 ނޮވެމްބަރ 2024

ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 07 ބިދޭސީއަކު އަނެއްކާވެސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގަައި ބުނީ ހުޅުމާލޭގައި އޮކްޓޯބަރު 31 އަދި ނޮވެމްބަރު 01 ގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ބަލާ ފާސްކުރި ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން އަތުލައިގަނެފައި ވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސައްހަ ވިސާއެއް ނެތި ހަރަކާތްތެރިވަމުންދިޔަ 07 ބިދޭސީ ފިރިހެނުން ކަމަށްވެސް އެކްސްގައި ވަނީ ހިއްސާ ކޮށްފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިހާރު ކުރިއަށްގެންދާ ރެއިޑުތަކުގެ ދަށުން ވަނީ މިފަދަ އެތައް ބަޔަކު އަތުލައިގެންފައެވެ. އަދި މި ރެއިޑުތަކުން ހައްޔަރު ކުރާ ބިދޭސީން އިމިގްރޭޝަނުން ދަނީ ޑީޕޯޓު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!