ޝާހިދަކީ ތުއްތު ތުއްތު ކުއްޖެއް: ފައްޔާޒު
ދެންމެ | 24 ނޮވެމްބަރ 2024

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް އާއި ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދުގެ މެދުގައި ހިނގި ހަޑިހުތުރު ބަހުސަކާއި ގުޅިގެން އެމްޑީޕީ ފަޅައިގެން ގޮސް ބައިބައިވެއްޖެ ކަމަށް އެ ޕާޓީގެ އިސް މެމްބަރަކު ބުނެފިއެވެ.

މިއަދު މެންދުރުފަހު މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ކަމަށް ބުނެ ކުރިން އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު އިސްމާޢީލް މަސްމާރުކޭޓު ސަރަޙައްދަށް ގޮސް މަސްވެރިންނާއި ބައްދަލުކުރުމަށްފަހު ސޯޝަލް މީޑިއާގައި ލާފައިވާ ފޮޓޯގައި ”ޕާޓީގެ އިސްވެރިން…“ ލިޔެފައިވާއިރު އެ ފޮޓޯގައި ޝާހިދު ނުހިމެނުމާއި ގުޅިގެން ދެ ފަރާތުގެ މެދުގައި ހަޑިހުތުރު ބަހުސެއް ހިނގައިފިއެވެ.

”ޕާޓީގެ އިސް މެމްބަރުންގެތެރޭ ޕާޓީ ރައީސް ނުހިމެނެނީތޯ މިހާރު ޕާޓީގެ މި ޙަރަކާތްތައް ޕާޓީގެ ރައީސްއަށް ނާންގާ ހިންގަނީ“ މިއަދު 3:16 ގައި ޝާހިދު އެމްޑީޕީ ވަޓްސްއެޕް ގްރޫޕުގައި ލިޔުނެވެ.

މިއަށް ޖަވާބުދެއްވަމުން ފައްޔާޒު ވަނީ ޝާހިދަކީ ކުޑަކުއްޖެއް ކަމަށް ދޭހަވާ ގޮތަށް ވަޓްސްއެޕް ގްރޫޕުގައި ނުސީދާކޮށް މެސެޖެއް ލިޔެފައެވެ. 3:51 ގައި ފައްޔާޒު ފޮނުވި މެސެޖުގައި ވަނީ ”ޕާޓީގެ ޓުވިޓާ ހޭންޑްލް އެކައުންޓް އުވާލަންވީހެން ހީވަނީ. ކުޑަކުދިން މާގިނައީ“ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!