ގޯތި ދޫކޮށް ފުލެޓަށް ކުރިމަތި ލެވޭ ގޮތަށް ނިންމައިފި
ދެންމެ | 30 މާރޗް 2026

ގޯތި ލިބިފައިވާ މީހުންނަށް ފްލެޓަށް ލެވޭގޮތަށް ހުޅުވާލަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނާއި، އެހެނިހެން ސްކީމްތަކުން ގޯތި ލިބުނު މީހުންނަށް، އަދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެދަށުން ފްލެޓަށް ކުރިމަތިލެވޭގޮތަށް ހުޅުވާލަން ނިންމާފަވާކަން އެމަނިކުފާނު ގާމަކުރެއްވީ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ މިގޮތަށް ނިންމީ ބޯހިޔާވަހިކަމުގެ ސިޔާސަތަށް މިހާތަނަށްވެސް އެކި ބަދަލުތައް ގެންނަން ނިންމާފައިވަނީ ރައްޔިތުންނާއެކު ކުރިއަށްގެންދިޔަ އެކި ބައްދަލުވުންތަކުގައި އެގޮތަށް އެދެމުންދާތީކަމަށެވެ. އަދި މިހާރު ދޭން ނިންމާފައިވާ ފުރުސަތަކީވެސް ރައްޔިތުން އެކަމަށް އެދެމުންދާތީ ގެނައި ބަދަލެއްކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅުންވެސް ބިން ލިބުނު މީހުންގެ ތެރޭގައި ނިކަމެތި އާއިލާތައް އެބަތިބިކަމަށާއި ހިއްކައިގެން ތަރައްޤީކުރާ ތަންތަން ތަރައްޤީކުރުމަށްވެސް އަދި ވަގުތު ނަގާކަމަށެވެ. އެހެންކަމުން، މާލެ ސަރަޙައްދުން ފްލެޓް ހޯދުމުގެ މި ފުރުސަތަކީ، ގެ އެޅުމަށް މާލީ ތަނަވަސްކަން ނެތް މީހުންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރީ ކޮންމެ ސަރުކާރެއްގެ ކޮންމެ ސްކީމަކުން ގޯތި ލިބުނު މީހުންނަށްވެސް، އެ ގޯތި ދޫކޮށްލާ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެކަން ހާމަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ފްލެޓް ދޫކުރާނީ، ކުރިން ލިބުނު ބިން ދޫކޮށްލާ އުސޫލުންކަމަށާއި ސަރުކާރުން ވަނީ ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންވެސް، އެންމެން އެއްކޮށް ގޯތި ދޫކޮށްލާނަމަ ވަކިން ގޯއްޗަށް ހުށައެޅުމުގެ ހުޅުވާލާފައި ކަމަށެވެ. އަދި މިގޮތަށް ވަކިވާ މީހުންނަށްވެސް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!