ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ހަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން ކަމަށެވެ.
އެނބުރި ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާން ދާރީގައި 2024 ވަނަ އަހަރު ވެސް ރައީސް މުއިއްޒުގެ ދެކަނބަލުން އުމްރާއަށް ވަޑައިގެންނެވި އެވެ.
ގުޅުންހުރި ލިޔުންތައް



