ދުނިޔޭގެ ވަރުގަދަ ކްރިޕްޓޯ ވިޔަފާރި ކުއްފުންޏެއްގެ ބޯޑަށް ރައީސް ނަސީދު އައްޔަން ކޮށްފި
ދެންމެ | 09 މެއި 2026

ކޮމަންވެލްތުގެ ނަން ބޭނުންކޮށްގެން ކްރިޕްޓޯ ހިންގާ ކުންފުންޏެއްގެ ބޯޑަށް ރައީސް ނަޝީދު އައްޔަން ކޮށްފިއެވެ. އެކަން ރައީސް އެނގޭހެން އެ ހިންގާ ފަރާތުން ކޮށްފައިވާ ޓްވީޓް ރައީސް ނަޝީދު ވަނީ އޭނާގެ ”އަނެއް ދިވެހިރާއްޖެ“ ޓްވިޓަރ އެކައުންޓުން ރިޓްވީޓް ވެސް ކޮށްފައެވެ.

އަދި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ މިކަމާއި ގުޅިގެން ރައީސް ނަޝީދަކީ އެހެން ލެވެލް އެއްގެ މާ ގަދަ ބޭފުޅެއް ކަމަށް ވިދާޅުވެ ވަނީ ތައުރީފު ކޮށް އެތައް ބައެއް ލައްވައި ޓްވީޓް ކުރުވާފައެވެ. އަދި މިއީ ބޮޑު ކާމިޔާބީއެއް ގޮތުގައި ރާއްޖޭގެ ބައެއް ނޫސްތަކުން މި ޚަބަރު ވަނީ ގެނެސްދީފައެވެ.

މި ކްރިޕްޓޯ ހިންގާ އެމިރޭޓްސްގެ ރޯޔަލް ފެމެލީ މީހެއް ކަމަށް ދައުވާ ކުރާ މީހާއަކީ އޭނާ އެބުނާ ދެ އާއިލާ އާއި ގުޅުން އޮންނަ ފަރާތެއް ކަމަށް ނުބެލެވެއެވެ. އަދި އޭނާ ވަނީ ”ވަން ކޮއިން“ގެ ނަމުގައި ހިންގި މިފަދަ އެހެން ސްކޭމެއްވެސް ކުރިއަށް ގެންގޮސްފައި ކަމަށް ”ދަ ޓައިމްސް“ ފަދަ ބައިނަލްއަގްވާމީ ނޫސްތަކުން ވަނީ ހާމަ ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!