މާރިޔާދީދީ ބާރު ޓޮޕްކޮޅަކާއި ސްކާޓެއް އަދެގެން ޒުވާންވުމުގެ ބަދަލުގައި ޒުވާނުންނަށް ފުރުސަތުދޭން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއަރޕާސަން ކެމްޕޭނުގެ ފޯރިގަދަވެފައިވާއިރު މީކާއީލް އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވަނީ ޒުވާނުންނަށް ފުރުސަތުތައް ހުޅުވާލެވި ދޭންޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުންނެވެ.
މީކާއީލް ވިދާޅުވީ އެމްޑީޕީއަށް ވިހި އަހަރުވެފައިވާއިރު ވެސް މާރިޔާމެން ފަދަ ބޭފުޅުން މުސްކުޅިވެއްޖެ ކަމަށް ގަބޫލުކޮށް އަދިވެސް އެއްކައިރިވުމުގެ ވިސްނުން ނުގެންގުޅޭތީ ހިތާމަ ކުރައްވާ ކަމަށެވެ.
ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަން 2008 ވަނަ އަހަރު ވައްޓާލުމަށްފަހު މާރިޔާ އަންނަނީ އެމްޑީޕީގެ ލީޑަރސިޕްގައި މަސައްކަތް ކުރައްވަމުންނެވެ.
ގުޅުންހުރި ލިޔުންތައް



