ގުގުރާ ބޯކޮށް ވާރޭވެހި 40 މޭލަށް ވައިގަދަ، ޔެލޯ އެލާޓް ނެރެފި
ދެންމެ | 12 ޖޫން 2026

ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ވައިގަދަވާނެތީ ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ވ އަތޮޅަށެވެ.

އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވުހުމާއެކު ގުގުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އެލާޓް ނެރފައިވަނީ މިއަދު 12:45 އިން ހަވީރު 17:00 އާ ހަމައަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!