އުމުރަކީ ހިސާބު ނަމްބަރެއްކަން މެސީ ސަޕޯޓަރުންނާއި ދުނިޔެއަށް ދައްކާލާނަން: ރޮނާލްޑޯ
ދެންމެ | 17 ޖޫން 2026

ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އަބަދުވެސް ގޮންޖެހުންތަކަށް ކުރިމަތިލުމުގައި ނަމޫނާ ދައްކާ ކުޅުންތެރިއެކެވެ. އޭނާގެ ކެރިއަރުގެ މިހާ ހިސާބަށް އައިއިރު، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުންދާ އެންމެ ބޮޑު އެއް ކަމަކީ އޭނާގެ އުމުރެވެ. ނަމަވެސް ރޮނާލްޑޯ މިވަނީ އެފަދަ ފާޑުކިޔުންތަކަށް ވަރުގަދަ ރައްދެއް ދީފައެވެ.

ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި އުމުރަކީ ހަމައެކަނި ނަމްބަރެކެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގިނަ ބަޔަކު އޭނާގެ އުމުރާ ބެހޭގޮތުން ވާހަކަދައްކައި، އޭނާ މުސްކުޅިވެއްޖެ ކަމަށް ބުނުމެވެ. މިއީ ރޮނާލްޑޯ އެންމެ ހިތްހަމަނުޖެހޭ އެއް ކަންތަކެވެ. އޭނާ ބުނާ ގޮތުގައި މީހެއްގެ ގާބިލިއްޔަތާއި ކުޅުން ވަޒަންކުރަންވާނީ ދަނޑުމަތީގައި ދައްކާ ހުނަރަށެވެ. އުމުރުން ދުވަސްވުމަކީ ކުޅުން ދަށްވާންޖެހޭ ސަބަބެއް ނޫންކަން އޭނާ އަންނަނީ ސާބިތުކޮށްދެމުންނެވެ.

 

އުމުރުން 41 އަހަރުގައި އޭނާގެ ކެރިއަރުގެ 6 ވަނަ ފީފާ ވޯލްޑް ކަޕާ ކުރިމަތިލާއިރު، ހަށިގަނޑުގެ ފިޓްނަސްއާ މެދު އުފެދިފައިވާ ސުވާލުތަކަށް ވެސް ރޮނާލްޑޯ ވަނީ ރައްދު ދީފައެވެ. އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް ފުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުނީ، އެއްވެސް މީހަކު އޭނާގެ އުމުރަށް ނުބަލައި ކުޅޭ ކުޅުމަށް ބެލުމަށެވެ. ރޮނާލްޑޯގެ މި ބުނިބުނުމުގެ މާނައަކީ އޭނާގެ ފެންވަރު ވަޒަންކުރަން ބޭނުންނަމަ އޭނާ ދަނޑުމަތީގައި ދައްކާ ކުޅުމަށް ބެލުމަށެވެ.

 

ޕޯޗުގަލް ޓީމާ މެދު ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، މިފަހަރުގެ މުބާރާތަށް ނުކުންނަނީ ވަރަށް ބޮޑު އުންމީދަކާ އެކު ކަމަށެވެ. ތަޖުރިބާކާރު ކުޅުންތެރިންނާއި ހުނަރުވެރި ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ މި ޓީމަށް ދުނިޔޭގެ އެންމެ ޝަރަފުވެރި ތަށި ހޯދޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އޭނާ ފާހަގަކުރިއެވެ. ކޯޗު ރޮބާޓޯ މާޓިނޭޒްއާއެކު އެމީހުންގެ ވިސްނުމަކީ ކޮންމެ މެޗަކަށް ވަކިން ތައްޔާރުވެ، އެންމެ ރަނގަޅު ނަތީޖާ ހޯދުމެވެ.

 

ފުޓްބޯޅައިގެ ތާރީޚުގައި 6 ވޯލްޑް ކަޕް ކުޅުމުގެ ޝަރަފު ހޯދާ މަދު ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ ހިމެނިގެންދާއިރު، މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ހުރީ ޕޯޗުގަލްއާ އެކު އޭނާ ލިޔަން މިދާ ތާރީޚީ ފަހު ސަފުހާއަށެވެ. ޕޯޗުގަލް ޓީމު މިހާރު ވަނީ މުބާރާތަށް އެމެރިކާއަށް ގޮސްފައެވެ.

 

ޖުމްލަގޮތެއްގައި ރޮނާލްޑޯގެ މެސެޖަކީ ސާފު މެސެޖެކެވެ. އެއީ އޭނާގެ އުމުރަށް ބަލައިގެން އޭނާގެ ކުޅުން ވަޒަން ނުކުރުމެވެ. އޭނާ ބޭނުންވަނީ ދަނޑުމަތީގައި ދައްކާ ނަތީޖާއިން އޭނާގެ ގާބިލިއްޔަތު ސާބިތުކޮށްދޭށެވެ. އުމުރުން ދޮށިވިޔަސް، އޭނާގެ ހިތްވަރާއި ކާމިޔާބީއަށް އޮތް ޝައުގުވެރިކަން އަދިވެސް ހުރީ އެންމެ މަތީ ފަންތީގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!