މާފުށީ ޖަލުގައި ސަރޗްް އޮޕަރޭޝަނެއް ފަށައިފި
ދެންމެ | 22 ޖޫން 2026

ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި ސަރޗްް އޮޕަރޭޝަނެއް ފަށައިފިއެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި މި އޮޕްރޭޝަން ކުރިއަށް ގެންދަނީ ފުލުހުންނާ ގުޅިގެންނެވެ. މިއަދު ކުރިއަށްދާ މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އަދި ފުލުހުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މިމަހުގެ 15ވަނަ ދުވަހު ވަނީ، މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރ ގާއިމުކޮށް، ޖަލަށް ޖަލައް ވައްދާ އެންމެހާ ތަކެތި ސްކޭން ކުރެވޭނެ ގޮތް ހަދާފައެވެ. މި މެޝިން މެދުވެރިކޮށް ގައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެތި، އެފަރާތްތަކަށް ޢާއިލާއިން ފޮނުވާ ތަކެތި އަދި ޢާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވިގެންދާނެއެވެ.

މީގެއިތުރުން މިއަހަރުގެ ފެބުރުވަރީ މަހު ވަނީ ޖަލަށް ވަންނަ މީހުން، ސްކޭން ކުރުމަށް ބޮޑީ ސްކޭނަރުވެސް ބަހައްޓާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!