ރައީސް ޑރ. މުއިއްޒު ސިޔާސަތުތައް ކަމުގޮސް އެމްޑީޕީގެ ޔޫތު މިނިސްޓަރ މަހްލޫފްގެ ތައުރީފާއި ސަނާ ރައީސަށް ބަރުތީލަ ކޮށްފި
ދެންމެ | 19 ސެޕްޓެމްބަރ 2025

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކޮށް ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މި ސަރުކާރުން ނިންމެވި އެންމެ ހަރުދަނާ އެއް ނިންމުން ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައި ވަނީ މިއަދު ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދާދިފަހުން އިދިކޮޅު އެމްޑީޕީއާއި ފެޔަށް ޖެހިވަޑައިގެންފައިވާ މަހްލޫފްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގައި ވޭޕް މަނާކޮށް އަދި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މިސަރުކާރުން ނިންމި އެންމެ ހަރުދަނާ އެއް ނިންމުމެވެ.

”މިވަގުތަށް އެއްބަޔަކު ހިތްހަމަ ނުޖެހުނަސް، މީގެ މަސްތަކެއް ނޫނީ އަހަރުތަކެއް ފަހުން، މިނިންމުމާއެކު ވޭޕުކޮށް އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި އެތައް ހާސް ޒުވާނުން އެކަމާމެދު އުފާކުރާނެ،“ މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން، މަހްލޫފް ވަނީ މި ނިންމުމުގެ ސަބަބުން ލިބޭނެ ފައިދާތަކަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ، މި ނިންމުމާއެކު ކޮންމެ މަހަކު ދުންފަތަށް އިސްރާފުކުރަމުންދިޔަ އެތައް ހާސް ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި ވޭޕުގެ އަވައިގައި މަސްތުގެ މަގަށް ގެއްލެމުންދިޔަ އެތައް ކުޑަކުދިންނެއް ސަލާމަތްކުރެވޭނެ ކަމަށްވެސް މަހްލޫފްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މި ނިންމުމުގެ ދިގު ރާސްތާގެ ފައިދާތަކަށް ބަލާއިރު، މިއީ ރައްޔިތުންގެ ސިއްހަތާއި އިޖުތިމާޢީ ސަލާމަތަށްޓަކައި މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކަނޑައެޅި ޖެނެރޭޝަނަލް ބޭންއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ތައުރީފްކޮށްފައެވެ. އަދި ރައީސް ޑރ. މުހައްމަދު، ދިވެހިރާއްޖޭގައި ދުންފަތާއި ދެކޮޅަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑު ވެސް ވަނީ އެމަނިކުފާނަށް އަރުވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!