އެމްޑީޕީގެ ކައުންސިލް ޕްރޮޖެކްޓް އޮފީހުގެ ވެރިކަން ވެންޓިލޭޓަރ ވަގު ބަގުރޫޓް އަމީރަށް ދީފި
ދެންމެ | 23 ޖޫން 2026

ކައުންސިލްތަކަށް އެހީވާ އެމްޑީޕީ އޮފީހުގެ ހިންގުން ވެންޓިލޭޓަރ ވައްކަމުގެ މުގޫ އަދި މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ބަގުރޫޓް އިބްރާހިމް އަމީރުއާ ހަވާލުކޮށްފިއެވެ.

ކައުންސިލްތަކަށް އެހީވާ އެމްޑީޕީގެ އޮފީހަށް ކިޔަނީ އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް (އައިއެލްސީ-ޕީޑީއޯ)އެވެ. މި އޮފީސް ގާއިމްކޮށްފައިވަނީ އެ ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައެވެ.

ނިމިދޔަ އެމްޑީޕީ ވެރިކަމުގައި ހިންގި ވެންޓިލޭޓަރގެ ބިޔަ ހިޔާނާތުގެ އެންމެ ބޮޑު ބައިވެރިޔާ ގޮތުގައި ބެލެވޭ ބަގުރޫޓު އަމީރުގެ ސަބަބުން ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ލިބިފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި އަމީރުމެން ވަނީ މި ފައިސާތައް ފެންކޮޅަކާއި ނުލައި ދިރުވާލައި މިހާރު ގުޔަށް ދުއްވާލާފަ އެވެ.

ވެއްޓިލޭޓަރ ވަގު ބަގުރޫޓް އަމީރު އައްޔަންކޮށްފައި ވަނީ އެ އޮފީހުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށެވެ.

ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި އެ ޕާޓީން ވަނީ ސިޓީތައް ކާމިޔާބުކޮށް ގިނަ ރަށްރަށުގެ މެޖޯރިޓީ ހޯދައިފައެވެ.

އެމްޑީޕީއަށް 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް، އެ ކައުންސިލްތަކުން އެ ރަށްރަށަށް ވެފައިވާ ވައުދުތައް ފުއްދުން އަވަސް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ. ވުމާއެކު، އެމްޑީޕީގެ ކައުންސިލްތަކަށް ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަންނީ އެހީތައް ދޭނެ އޮފީހެއް ގާއިމުކުރުމަކީ ނަޝީދު ޗެއާޕާސަން އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!