މާލޭ މަގުމަތީ އޮތް ފައްކާ ގޮދަޑިއެއްގެ ވެރިފަރާތް ހޯދަން އިއުލާން ކޮށްފި
ދެންމެ | 27 ޖޫން 2026

މާލޭގެ މަގުމައްޗަށް ގޮދަޑިއެއް ދޫކޮށްލި ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އާންމުކޮށް އިއުލާނުކޮށްފިއެވެ.

ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތާއި ފޮޓޯތަކުން އެނގޭ ގޮތުގައި، މި ގޮދަޑި ބަހައްޓާފައި ހުރީ މައްޗަންގޮޅީ ސަހަރާގެ އިންފާރު ކައިރީގައެވެ. މިކަމުގެ ސަބަބުން ހިނގާ މީހުންނަށް ހާއްސަ ޕޭވްމަންޓުގެ ބޮޑު ބައެއް ބޭނުންނުކުރެވޭ ގޮތަށް ވަނީ ބަންދުވެފައެވެ.

މި އަމަލު ހިންގި މީހާ ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މީގެ އިތުރުން، މާލޭގެ މަގުތަކަށް ކުނި އުކާލާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ނަންބަރު 9341144 އަށް ފޮނުވުމަށް ނުވަތަ ހޮޓްލައިން 1622 އަށް ގުޅައި ރިޕޯޓްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ގޭތެރޭގައި ބޭނުންކުރާ މުދަލާއި ސާމާނު ބާވުމުން މަގުމައްޗަށް ދޫކޮށްލުމަކީ މާލޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މިގޮތަށް އުކާލާ ކުނިތައް ކައުންސިލުން ސާފުކުރަމުންދާއިރު، ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތައް ހޯދައި ބައެއް ހާލަތްތަކުގައި އަދަބުދީ ޖޫރިމަނާވެސް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!