މާވެޔޮމަގު އިރުފުހޭގެ ކައިރީ ބަހައްޓާފައި ހުރި ފްރިޖެއްގެ ވެރިފަރާތް ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ވަނީ, މިފަދައިން މާލޭ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ, ކައުންސިލްގެ ހޮޓްލައިން 9341144އަށް ފޮޓީ އަދި ވީޑިއޯ ފޮނުވަން އެދިފައެވެ.
”މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ,“ ސިޓީ ކައުންސިލުން ކުރި ޕޯސްޓުގައި ވެއެވެ.
މާލޭ މަގުތަކަށް ކުނިއަޅާ މައްސަލަ ބޮޑުވެފައިވާއިރު, މިފަހުން ކައުންސިލުން ދަނީ ކުނި އަޅާ މީހުން ހޯދުމަށް އިއުލާނު ކުރަމުންނެވެ. އެގޮތުން, ހިތަށްފިނިވާމަގާއި ކަރަންކާމަގު ގުޅޭ ކަންމަތީ ބަހައްޓާފައި ހުރި ގޮދަޑިއެއްގެ ވެރިފަރާތް ހޯދަން މިދިޔަ މަހުގެ 30ވަނަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ. އަދި ފަނޑިޔާރުމަގުގައި ބަހައްޓާފައި ހުރި ކުނިތަކަކާއި ގޮދަޑިއެއްގެ ވަރިފަރާތް ހޯދަން ވެސް މިދިޔަ މަހުގެ 29ވަނަ ދުވަހު އިއުލާނުކުރިއެވެ.



