ހަތަރެއް ވަރަށް ފުރިހަމަ ކަމަށް ބުނާ އަލީ ރަމީޒުގެ ޕޯސްޓަށް އެތައް ބައެއްގެ ސަމާލުކަން!
ދެންމެ | 30 އޭޕްރިލް 2024

ހަތަރެއް ވަރަށް ފުރިހަމަ ކަމަށް ބުނާ އަލީ ރަމީޒު ކުރި މަލުގެ ޕޯސްޓަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ފޭސްބުކުގައި އެއްތަޑުން ފޮނިފައިވާ ހަތަރު މަލުގެ ފޮޓޯއަކާއި އެކު އަލީ ކުރައްވާފައިވާ ޕޯސްޓަށް ފަނަރަ ސަތޭކައަށް ވުރެ ގިނަ މީހުން ރިއެކްޓް ކޮށްފައިވާއިރު ފަސްސަތޭކައެއްހާ ކޮމެންޓާއި ހަތަރު ސަތޭކައެއްހާ ފޭސްބުކު ސެއަރ ލިބިފައި ވެެއެވެ.

“ހަތަރެއް ވަރަށް ފުރިހަމަ އެހެން ނޫން ތޯ!“ އަލީ ލިޔުއްވާފައި ވެއެވެ.

ފޭސްބުކުގައި ކޮމެންޓްކޮށްފައިވާ ފަރާތްތަކުގެ އެކި އެކި ސުއޫރުތައް ފާޅުކޮށްފައިވާއިރު ގިނަ ބަޔަކު ބުނެފައި ވަނީ ހަތަރު މާ މޯޅިކޮށް ނުލާ އެއްވަރަށް ދެމެހެއްޓޭނަމަ ވަރަށް ވެސް ރަގަޅު ކަމަށެވެ. ކޮމެންޓްކޮށްފައިވާ ބައެއް ފަރާތްތަކުން ވަނީ އެފޮޓޯގެ ހަތަރު މާ އިނީ ހަތަރު ދިމާއަށް ކަމަށް ވެސް ބުނެފަ އެވެ.

އަލީ މިފަދަ ޕޯސްޓެއް ކޮށްފައިވާއިރު ބެލެވޭ ގޮތުގައި މި ޕޯސްޓްގެ ބަނޑު މާނައަކީ އިސްލާމް ދީނުގައި ފިރިހެނަކަށް ހަތަރު އަނބިން ހުއްދަ ކުރައްވާފައި ވުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!