ރައީސް ޔާމީންގެ ޕީއެންއެފުން ބާއްވަމުން އަންނަ ސިލްސިލް ބައްދަލުވުންތަލުގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލަށްލާ ޖަލުގައި ގެންގުޅުނީ ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސާލިހްކަމަށެވެ. އަދި ރައީސް ސާލިހް އެގޮތަސް ކަންކުރެއްވީ އެމަނިކުފާނު އަރުހުގައި ދެ ވަނަ ދައުރެއް ލިބޭނެކަމަށް ކަހީނަކު ބުނުމުންކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލާފާނެކަަމަށް ގަބޫލުނުކުރައްވާކަމަށެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުގެ ތެރޭގައި ރައީސް މުއިއްޒާއި ދެކޮޅު ބޭފުޅުން ތިބިކަމަށެވެ. އަދި ސަަރުކާރުގައި ރައީސް މުއިއްޒާއި ހިތްހަމަނުޖެހޭ މީހުން ތިބި ނަމަވެސް ތިބި ނަމަވެސް އެމަނިކުފާނު ޖަލަށްލައިގެން ދެކޮޅު ނުޖެއްސޭނެކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ޔާމީން ރޭ ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިއިރު މީގެ ކުރިން އެމަނިކުފާނުވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދޭން ފަނޑިޔާރުންނަށް ރިޝްވަތުދީ ޕީޕީއެމް ތެރެއިން ކަންކަން ރޭވިކަމުގެ ތުހުމަތުތައް ރައީސް މުއިއްާއި އެމަނިކުފާނުގެ އަރުހުގައި ތިެއްބެވި ބޭފުޅުންގެ މައްޗަށް ކުރައްވާފައެވެ.
ރައީސް ޔާމީން މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެމަނިކުފާނާއި ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނިންމާފައިވަނިކޮށެވެ.
އެ މައްސަލާގައި ރައީސް ޔާމީންނާއި ދެކޮޅަށް އާ ހެކިތަކެއް ހުށައެޅީ ދައުލަތުގެ ފަރާތުންނެވެ. އެ އާ ހެކިތަކަކީ ދަށު ކޯޓުގައި ޝަރީއަތް ހިންގި އިރު ދިފާއީ ހެކިން ދިން ހެކިބަހުގައި ދޮގުތަކެއް ހިމެނޭކަން ސާބިތުކުރަން ހުށަހެޅި ހެކިތަކެއްކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ވ. އާރަށް މައްސަލާގައި ޑިސެންބަރު 25، 2022 ގައި ދަށު ކޯޓުން ވަނީ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންނަމަވެސް، 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ދަށު ކޯޓްގެ ނިންމުނ ބާތިލުކޮށް މައްސަލަ އަލުން ބަލަން އަންގާފައެވެ. ޔާމީނަށް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުވީ މި މައްސަލައާ ގުޅިގެންނެވެ



