މާލޭގެ ކުނި ބޮޑުތިލަދުންމައްޗަށް އުކާލުމަކީ ކުރެވޭ މަލާމާތެއް، ބޮޑު ފުރައްސާރައެއް: ރައީސް ޝާހިދު
ދެންމެ | 31 ޖުލައި 2026

މާލޭ ސަރަހައްދުން އުފެދޭ ކުނި ބޮޑުތިލަދުންމަތީގެ ޖަޒީރާވަންތަ ފަސްގަނޑަށް އަޅާލުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް، އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތަނުގައި ހުރި ކުނިތައް ހދ. ކުނބުރުދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވީ ބޮޑުތިލަދުންމައްޗަކީ ދިވެހިރާއްޖޭގެ އުތުރުބިތުގައި ދިވެހިންގެ ޝަހުޞިއްޔަތު ރަމްޒުކޮށްދޭ، ތަރައްޤީއަށް ކެތްމަދުވެފައިވާ ރައްޔިތަކު ދިރިއުޅޭ ސަރަހައްދެއް ކަމަށެވެ. އެފަދަ ސަރަހައްދެއްގެ ފަސްގަނޑަށް މާލޭގެ ކުނި އެޅުމަކީ އެ ރައްޔިތުންނަށް ދެވޭ އަނިޔާއެއްގެ އިތުރުން ކުރެވޭ މަލާމާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

”ސަރުކާރުގެ ދޯހަޅި ނިންމުން ބަދަލުކުރައްވާ ރައްޔިތުންގެ ވިންދާ އެއްގޮތަށް މިސްރާބު ހަމަމަގަށް އަޅުއްވާ. ތިޔަހެނެއް ނުހެއްދެވޭނެ،“ ސަރުކާރަށް ގޮވާލައްވަމުން ޝާހިދު ވިދާޅުވިއެވެ.

މި މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގައި 50 އެއްހާ ޓަނުގެ ކުނި އަނދާފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، ތިލަފުށީގައި ހުރި އެ ކުނިތައް ހދ. ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!