ފުވައްމުލަކުގައި ހަށިވިއްކި ދިވެހި އަންހެނަކާއި ނާސިގެ ހެދި ފިރިހެންމީހާ ވެސް ޖަލަށްލައިފި
ދެންމެ | 31 ޖުލައި 2026

ފުވައްމުލަކުގައި ނާސިގެއެއްގައި ހިންގި ހަށިވިއްކުމުގެ ވިޔަފާރި ހިންގި މައްސަލައެއްގައި ދައުވާ އުފުލި ބައެއްގެ މައްޗަށް ކުށް ސާބިތުވެ، އެ މީހުން ޖަލަށްލާން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ ފިރިހެނަކާއި ދެ އަންހެނުންގެ މައްޗަށެވެ. އެ މިހުންގެ މައްޗަށް ދައުލަތުން ޖުމްލަ ފަސް ދައުވާއެއް އުފުލާި އެވެ. އެއީ ނާސިގެއެއް ހެދުމުގެ ދައުވާ އާއި ހަށިވިއްކުމުގެ ދައުވާ އާއި ބްލެކްމެއިލް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ހެދުމުގެ ދައުވާ އަދި އެހެން މީހެއްގެ ރުހުމާ ނުލައި އެ މީހެއްގެ ޖިންސީ ގުނަވަނެއް ފެންނަ ގޮތަށް އޮރިޔާން ކާޑު ހެދުމުގެ ދައުވާ އެވެ.

މި މައްސަލައިގައި ހިމެނޭ ތިން މީހުންގެ ތެރެއިން ކުށް ސާބިތުވީ އިވަނީ އެއް އަންހެނަކާއި ފިރިހެން މީހާގެ މައްޗަށެވެ.

ހުކުމުގައިވާ ގޮތުން ހަށިވިއްކުމުގެ ކުށް ސާބިތުވި އަންހެން މީހާ 7 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި އިރު، އެވެ. ނާސިގެ ހެދުމުގެ ކުށް ސާބިތުވި ފިރިހެން މީހާ އަށް އިއްވީ 5 އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގައި ހިމެނޭ ތިން މީހުންގެ މައްޗަ ށްވެސް ބްލެކްމެއިލް ކުރުމުގެ ދައުވާއާއި، އޮރިޔާން ކާޑު ހެދުމުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ ރުހުމާ ނުލައި އޮރިޔާން ކާޑު ހެދުމުގެ ދައުވާ ކުރި ނަމަވެސް، އެއިން އެއްވެސް ދައުވާއެއް އެކެއްގެ މައްޗަށްވެސް ސާބިތުވެފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!