ރައީސް ޔާމީން ތިނަދޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ޖަލްސާތަކެއް ބާއްވަން ނިންމައިފި
ދެންމެ | 20 އޯގަސްޓް 2026

ރައީސް އަބްދު ﷲ ޔާމީން އިސްވެ ހުންނަވާ އުފައްދާފައިވާ ޕީއެންއެފްއިން ތިނަދޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ޖަލްސާތަކެއް ބާއްވަން ނިންމައިފި އެވެ.

ރައީސް ޔާމީން ބައިވެރިވެޑައިގަންނަވާ މި ޖަލްސާތަކުގެ ތެރެއިން ތިނަދޫ ސިޓީގައި ބާއްވާ ޖަލްސާ އޮންނާނީ އަންނަ އަދިއްތަ ދުވަހުގެ ރެ އެވެ. އަދި ފުވައްމުލަކު ސިޓީގައި ބާއްވާ ޖަލްސާ އޮންނާނީ މިމަހުވެ 27 ވާ ބުރާސްފަތި ދުވަހުގެ ރެ އެވެ.

މީ މާލެއިން ބޭރުގައި ޕީއެންއެފް ޓައުންހޯލް ޖަލްސާތައް ބައްވާ ފުރަތަމަ ފަހަރު އެވެ. ޕީއެންއެފްއިން ކޮންމެ ހަފްތާއަކު ސިލްސިލާ ޖަމްސާތަކެއް ބާއްވަމުން އަންނައިރު އެ ޖަލްސާތައް ބާއްވަމުން އަންނަނީ ޔާމީންގެ އަމިއްލ ގެ ކޮޅުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!