އެމްއެމްއޭގެ ދެ ގަވާއިދަކަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި
ދެންމެ | 20 އޯގަސްޓް 2026

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދެ ގަވައިދަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

އެމްއެމްއޭއިން ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ ފައިނޭންޝަލް ކޮންސިއުމާ ޕްރޮޓެކްޝަން ރެގިއުލޭޝަނާއި، ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމާ ޑިއުޑެލިޖަންސް ރެގިއުލޭޝަނަށެވެ.

ފައިނޭންޝަލް ކޮންސިއުމަ ޕްރޮޓެކްޝަންގެ ރެގިއުލޭޝަނަކީ މާލީ ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް އެ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ.

ކަސްޓަމަ ޑިއު ޑެލިޖަންސްގެ ގަވާއިދަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަސްޓަމަރުންގެ ވަނަވަރު ދެނެގަތުމާއި އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ޝަރުތުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު 26 އޮގަސްޓު ވާ ބުދަ ދުވަހުގެ 15:00އާ ހަމައަށް އޮންނާނެކަމަށް އެމްއެމްއޭއިން ބުންޏެވެ. މީގެއިތުރުން، މި ގަވާއިދުތަކާ ގުޅޭގޮތުން މާލީ އިދާރާތަކާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ ހިޔާލާއި މަޝްވަރާވެސް ހޯދުމަށް އެމްއެމްއޭއިން ވަނީ ނިންމާފަ އެވެ.

ހިޔާލު ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!