ވިލުފުށީ ފުޓްބޯޅަ މުބާރާތުގެ މައި ދެ ސޮޕޮންސަރުންނަށް ފަންބޮނޑި އާއި އެސްޓީއޯ
ދެންމެ | 30 ސެޕްޓެމްބަރ 2022

ވިލުފުށީގައި ކޮންމެ އަހަރަކު ބާއްވާ ފޭސް މަސްވަރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސޮޕޮންސަރ  އެސްޓީއޯ އަދި މެއިން ސޮޕޮންސަރ އަކަށް ފަންބޮނޑި ހަމަ ޖައްސައިފި އެވެ.

މުބާރާތް އިންތިޒާމް ކުރާ ފޭސް ޔަމްއިއްޔާގެ ނައިބް ރައީސް މުއާވިޔަތު މުހައްމަދު ވިދާޅުވީ މުބާރާތުގެ ފަންބޮނޑި އާއި އެސްޓީއޯގެ އިތުރުން އެހެން ވެސް ކުންފުނިތަކުން މުބާރާތް ސޮޕޮންސަރ ކޮށްފައިވާ ކަމަށެވެ.

ވިލުފުށީ ހަތަރު ވިލާގެ މެދުގައި ބާއްވާ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންޓީމަކީ އަޅި ވިލާ އެވެ. މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ.

އެންމެ ފަހުން ބޭއްވި މުބާރާތުގެ ވެސް މެއިން ސްޕޮންސަރ އަކީ ފަންބޮނޑި މޯލްޑިވްސް އެވެ. އަދި ޓައިޓަލް ސްޕޮންސަރ އަކީ ވެސް އެސްޓީއޯ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!