ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ވިދުން ގަދަ އެއް ތަރި ކަމުގައިވާ ލިއޮނެލް މެސީ އާޖެންޓީނާގެ ޤައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.
މެސީ މިއަދު އިންސްޓަގްރާމްގައި ހިއްސާ ކުރި ބަޔާނެއްގައި ބުނީ ރިޓަޔާ ކުރަން ނިންމީ ވޯލްޑް ކަޕް ފައިނަލަށް ފަހު ގިނަ ވަގުތެއް ހޭދަކޮށް ވިސްނުމަށް ފަހު ކަމަށެވެ. މި ނިންމުމަކީ ހިތަށް ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި އެހެން ނަމަވެސް ވަގުތު ޖެހިއްޖެކަން ޤަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ގައުމީ ޓީމާއި އެކު ތަށި ހޯދުނު މުބާރާތްތަކުގައި ނޫނަސް ވަރަށް ބުރަކޮށް މަސައްކަތް ކޮށް އަބަދުވެސް ލެވެން އޮތް ހުރިހާ ބާރެއް ލައިގެން ގައުމު މޮޅު ކޮށްދެވޭތޯ ބަލާފައިވާނެ ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާގެ ޖާޒީ ލައިގެން ސަޕޯޓަރުން އުފާކޮށްދީ ގައުމު އޭނާ އާއި މެދު ފަހުރުވެރިވާވަރު ކުރަން އަބަދުވެސް ހަނގުރާމަ ކުރި ކަމަށެވެ.
މެސީގެ މެސުގައި ވަނީ ސަޕޯޓަރުންނާއި އާއިލާއާއި ކޯޗުންނާއި ޓީމު ކުޅުންތެރީންނަށް ޝުކުރު އަދާކޮށްފައެވެ. ކުރިޔަށް އޮތްތާ ދަނޑުގައި އަޑޫގަދަ ކުރަން ހުންނަ މީހެއްގެ ގޮތުގައި ފެންނާނެ ކަމަށް ބުންޏެވެ.
މި އިއުލާން އައީ މެސީގެ ކެރިއަރުގެ އެންމެ އުނދަގޫ ދުވަސްތަކެއް ހޭދަވެގެން ދިޔަ ފަހުންނެވެ. 2026 ގެ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވެ ފައިނަލް ނިމުމާ އެކު ދަނޑުމަތީގައި ކަރުނައަޅާ ރޮއި ހެދީ ޤައުމީ ޓީމާ އެކު ހޭދަކުރި ރީތި ދަތުރު ނިމުމަކާ ގާތްވެފައިވާކަން ހާމަވި ވަގުތެވެ.
ޤައުމީ ޓީމާ އެކު މެސީ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި 2022 ގެ ވޯލްޑް ކަޕް ތަށްޓާއި 2021 އަދި 2024 ގެ ކޮޕާ އެމެރިކާ ތަށި ހިމެނެއެވެ. އޭގެ އިތުރުން 2014 އަދި 2026 ގެ ވޯލްޑް ކަޕް ފައިނަލުގައި ރަނަރަޕް މެޑެލް ހޯދިއެވެ.
2007 2015 އަދި 2016 ގެ ކޮޕާ އެމެރިކާގައި ވެސް ރަނަރަޕް ހޯދައިފައިވެއެވެ. ހަމައެއާ އެކު 2014 އަދި 2022 ގެ ވޯލްޑް ކަޕާއި 2015 އަދި 2021 ގެ ކޮޕާ އެމެރިކާގައި އެންމެ މޮޅު ކުޅުންތެރިޔާގެ ގޯލްޑެން ބޯލް އެވޯޑު ހާސިލުކޮށްފައިވެއެވެ.



