މިހާރު މާލޭގައި ކުކުޅު ހާ ނުގެންގުޅޭތީ ހާގޮވާއަޑު ނުއިވިދާނެއެވެ. މިހާރުވެސް ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ކުކުޅު ހާ ގެންގުޅޭތީ ހާގޮވާއަޑު އިވޭނެއެވެ. ވީމާ އެއީ ބޭނުން ހިފަން އަގުހުރި ފުރުޞަތެކެވެ.
ހާ ގޮވާ އަޑުއިވުމުން ދުޢާކުރުން:
(صحيح) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا…)) [رواه البخاري / كتاب: بدء الخلق / باب: خير مال المسلم… / رقم: ٣٣۰٣]
މާނައީ: “ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުންނަށް ހާ ގޮވާ އަޑު އިވުމުން ﷲ ގެ ޙަޟްރަތުން، އެއިލާހުގެ ފަޟްލުވަންތަކަމަށް އެދި ދަންނަވާށެވެ. ފަހެ ހަމަކަށަވަރުން އެއަށް މަލާއިކަތެއް ފެނިއްޖެއެވެ…“